ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރަދު ކުޑަ ކުރުމަށް މިފްކޯއިން އަޅާއެއްވެސް ފިޔަވަޅެއްގެ އަސަރު އާދައިގެ މުވައްޒަފުންނަށް ނުކުރާނެ: މިފްކޯ

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިޤްތިސާދު ދަށަށް ގޮސް ދައުލަތުގެ ހަރަދު ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއެކީ މިފްކޯއިން އަޅާ އެއްވެސް ފިޔަވަޅެއްގެ އަސަރު އެ ކުންފުނީގެ އާދައިގެ މުވައްޒަފުންނަށް ނުކުރާނެ ކަމުގެ ޔަޤީންކަން އެ ކުންފުނިން ދީފިއެވެ.

މިފްކޯގެ މީޑިއާ އޮފިޝަލް އިބްރާހިމް ސައީދު މީޑިއާތަކަށް ވިދާޅުވީ އެ ކުންފުނީގެ ހިންގުން ހަރުދަނާކޮށް އިސްރާފު ކުޑަކުރުމަށްޓަކައި ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އޭގެ އަސަރެއް އެއްވެސް އާދައިގެ މުވައްޒަފަކަށް ނުކުރާނެ ކަމަށާއި މުސާރައަށް ބަދަލު އަންނާނީ އިސް ފަރާތްތަކުގެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިފްކޯގެ ހިންގުން ހަރުދަނާކޮށް، ކުންފުނީގެ ބްލީޑްވާ ދިމާ ދެނެގަތުމާއި އިސްރާފު ކުޑަކުރުމަށް ގެންނަމުންދާ ހެޔޮ ބަދަލެއް ކަމަށް ސައީދު ވިދާޅުވިއެވެ. އެއްވެސް އާދައިގެ މުވައްޒަފެއްގެ މުސާރައިން އުނި ނުކުރާނެ ކަމަށާއި އެކަން ކުރާނީ ޖީއެމް އަދި ސީނިއަރ މެނޭޖްމަންޓު ލެވެލްއިން ކަމަށް ވިދާޅުވިއެވެ. އެހެންކަމުން މިކަމުގައި އެއްވެސް އޮޅުވާލުމެއް ކުންފުނިން ނުގެންގުޅޭ ކަމަށް ސައީދު ވިދާޅުވިއެވެ.

ހަމައެއާއެކު މިފްކޯއިން މުވައްޒަފުންނަށް ދޭ އެލަވަންސަކީ ހައްޤުގޮތުގައި އޭގެ ހައްގުވެރިންނަށް ދެވޭ އެއްޗެއްގެ ގޮތުގައި ކަންކަން ތަރުތީބުކުރުމަކީ އެންމެ ހައްގު ގޮތް ކަމަށް މިފްކޯއިން ދެކޭކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިފްކޯގެ އަމާޒަކީ ވެސް މުވައްޒަފުންނަށް ހައްޤުވާ މިންވަރު އެމީހުންނަށް ދިނުން ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: