ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުނައްވަރާ މެދު ޝަކުވާ އެއް އޮތް ނަމަ އެކަން ހުށަހެޅުމަށް ހުޅުވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ކަމަށް ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު މުނައްވަރު އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުވުމާއެކު އެކަމާ މެދު އާންމުންގެ ޚިޔާލާ ޝަކުވާ ހުށަހެޅުމަށް މަޖިލީހުން ހުޅުވާލައިފިއެވެ.

މާލިއްޔަތު ކޮމިޓީން ބަލަމުންދާ އެ މައްސަލައާ ގުޅިގެން މަޖިލީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ ނަމާމެދު ޝަކުވާއެއް ވާނަމަ އެ ކޮމިޓީގެ އީމެއިލް އެޑްރެހަށް ނުވަތަ މަޖިލީހުގެ އިދާރާއަށް މާދަމާ 14:00ގެ ކުރިން ލިޔުމުން ފޮނުވުމަށް އެދޭ ކަމަށެވެ.

އެ މައްސަލަ ދިރާސާ ކުރުމަށް މާލިއްޔަތު ކޮމިޓިން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ، މުނައްވަރު މިވަގުތު ހުންނެވީ ރާއްޖޭން ބޭރުގައި ކަމަށްވުމާއެކު އިންޓަވިއު ތާވަލް ކުރެވެން ނެތް ކަމަށެވެ.

އޭނާއަށް ރުހުން ދިނުމަށްޓަކައި ބަލަން ޖެހޭ ކަންކަން ބެލުމަށް މައުލޫމާތު ސާފުކުރުމަށް ކަމާ ގުޅުން ހުރި މުއައްސަސާތަކަށް މިހާރު ސިޓީ ފޮނުވާފައިވާ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވީ، އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ކުރިން މި މައްސަލައިގައި ގޮތެއް ނިންމުމަށެވެ. އެ ހުށަހެޅުން ފާސްވީ އެވަގުތު ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: