ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

100 ދުވަސްތެރޭ މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ބިދޭސީންގެ މައުލޫމާތު އެއްކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

އަމާޒަކީ 100 ދުވަސްތެރޭ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުން ކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަޖީދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް މިނިސްޓްރީން ފެށި ކުރަނގި އޮޕަރޭޝަންގެ ދެވަނަ ފިޔަވަހީގެ ދަށުން ކުރަން ރާވާފައިވާ މައުލޫމާތު ހިއްސާކުރައްވާ މަޖީދު ވިދާޅުވީ އޮޕަރޭޝަންގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފެށުމަށް ރަށްތަކުގެ ކައުންސިލްތަކަށް ވަރަށް ގިނަ ފަސޭހަތަކެއް ފޯރުކޮށްދީފައިވާ ކަމަށެވެ.

އެގޮތުން، މިނިސްޓްރީން އެކަމަށް ޚާއްސަކޮށް ޕޯޓަލެެއް ގާއިމުކޮށްފައިވާ ކަމަށާއި އެ ޕޯޓަލަށް މައުލޫމާތުތައް އެއްކުރުމަށް ބޭނުންވާނެ ވަސީލަތްތައް ކައުންސިލްތަކަށް މިހާރު ފޯރުކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ވިސްނުމަކީ، އަޅުގަނޑުމެންގެ ޕްލޭނަކީ 100 ދުވަހުގެ ތެރޭގައި ނުވަތަ ތިން މަސް ދުވަސްތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން އެރަށެއްގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތުތައް ހޯދައި އެއްކުރުން،

އުއްމީދަކީ ވީހާވެސް އަވަހަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފެށުންކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ މި އޮޕަރޭޝަންގެ ތެރެއިން ގަވާއިދާ ޚިލާފުވެފައި ތިބި ފަރާތްތަކަށް އަލުން ގާނޫނުގެ ތެރެއަށް ވަނުމަށް ފުރުސަތު ދޭނެ ކަމަށެވެ. އަދި ޕްރޮގްރާމް ނިމޭއިރު، ރާއްޖޭގައި ބިދޭސީން ގާއިމުވެފައި ތިބި އަދަދާއި ނުގަވައިދުން ތިބީ ކިތައް ބިދޭސީން ކަން އެނގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި އޮޕަރޭޝަން ކ. ހިންމަފުށީގައި ފެށީ މެއި މަހުގެ ދެވަނަ ދުވަހެވެ. އަދި، މި އޮޕަރޭޝަން މާފުށީގައި ފެށީ މެއި މަހުގެ 13 ވަނަ ދުވަހެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: