ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިން ކެއްސާތީ ދޭ އެލެގްރާ ސިރަޕް ވިއްކުން މަނާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންނަށް ހާއްސަކޮށް، ރާއްޖެ އެތެރެކޮށް ވިއްކަމުން އަންނަ އެލެގްރާ ސަސްޕެންޝަން ރާއްޖޭގައި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.

އެ އޮތޯރިޓީން ނެރުނު އިއުލާނެއްގައި ބުނީ އެލެގްރާ ބޭހުގެ ތިން ބެޗަކުން ކޮލިޓީ މައްސަލަތަކެއް ދިމާވެފައިވާކަމަށް އެ ބޭސް އުފެއްދި ކުންފުނިން އެލާޓްކޮށްފައިވާ ކަމަށެވެ. އެހެން ކަމުން އެ ތިން ބެޗުގެ ބޭސް ރާއްޖެ އެތެރެކުރުމާއި ވިއްކުން އަދި ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.

އެމްއެފްޑީއޭ އިން ބުނީ އެ ބޭހުގެ އެ ބެޗުތައް ފާމަސީ، ބޭސް ގުދަނެއް ނުވަތަ ސިއްހީ ހިދުމަތް ދޭ ތަނެއްގައި ހުރި ނަމަ އެމްއެފްޑީއޭއަށް އީމެއިލް މެދުވެރިކޮށް އަންގަން އެދޭ ކަމަށެވެ. މަނާކޮށްފައިވަނީ ސިރަޕްގެ 30 މިލިގްރާމް ނުވަތަ 5 އެމްއެލްގެ ވައްތަރެވެ. 

މައްސަލަ ޖެހިފައިވާ ތިން ބެޗު:

  • އޭއެލް 123019
  • އޭއެލް 1223029
  • އޭއެލް 1223060

މި ބޭހަކީ އިންޑިއާގެ ސަނޯފީ އިންޑިއާ ލިމިޓެޑް ކިޔާ ކުންފުންޏަކުން އުފައްދާ ބޭހެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: