ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯސްތަކަށް އެޕްލައިކުރާއިރު ބަލައިގަންނަ ކޯހެއްކަން ކަށަވަރުކުރަން އެމްކިއުއޭއިން އެދިއްޖެ

އެމްކިއުއޭގެ ބައްދަލުވުމެއްގައި ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު.
ޝެއާރކޮށްލާ ކަހަލަދޯ؟

މަތީ ތައުލީމާއި ތަމްރީން ދޭ ގިނަ މަރުކަޒުތަކުން ހިންގާ ގިނަ ކޯސްތައް ސޯޝަލް މީޑިއާގައި އިސްތިހާރު ކުރަމުންދާތީ ކޯސްތައް އިސްތިހާރުކޮށްފައި ވަނީ އެމްކިއުއޭއިން ހުއްދަ ދީފައިވާ ގޮތަށްތޯ ކަށަވަރުކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން އިލްތިމާސް ކޮށްފިއެވެ.

އެމްކިއުއޭއިން ވަނީ ކޯސްތަކަށް ކިޔަވަން ފެށުމުގެ ކުރިން އެ އޮތޯރިޓީއިން މައުލޫމާތު ސާފު ކުރުމަށް އެދިފައެވެ.

ކިޔަވާ ދަރިވަރުން އެ ޕްރޮގްރާމަކަށް އެންރޯލްވުމުގެ ކުރިން، އެ ޕްރޮގްރާމް އިސްތިހާރު ކޮށްފައި ވަނީ އެމްކިއުއޭއިން ހުއްދަ ދީފައިވާ ގޮތަށްކަން ކަށަވަރުކޮށް، ކިޔެވުން ފެށުމުގެ ކުރިން އެ ޕްރޮގްރާމަކާ ބެހޭ މައުލޫމާތު ހޯދުމަށް މި އޮތޯރިޓީން އިލްތިމާސްކުރާކަމަށް ބުންޏެވެ.

އެމްކިއުއޭއިން ހުއްދަ ދީފައިވާ ކޯސްތަކުގެ ލިސްޓާއި އެހެނިހެން މައުލޫމާތު އެ އޮތޯރިޓީގެ ވެބްސައިޓުގައި ހުންނާނެކަން ފާހަގަކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: