ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެގައި ސްރީލަންކާ ޓީޗަރުންގެ އަދަދު އިތުރުކުރަން އެ ގައުމުން އެދިއްޖެ

އެޑިއުކޭޝަން މިނިސްޓަރ އިސްމާއީލް ޝަފީއު.
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި ސްރީލަންކާގެ ދެމެދު ތައުލީމީ ދާއިރާއިން މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

ރާއްޖޭގައި ހުންނަ ސްރީލަންކާގެ ހައިކޮމިޝަނުން އާންމުކޮށްފައިވާގޮތުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ހައި ކޮމިޝަނަރު ރަންގާ ގޫނަވަރްދަނާ ވަނީ ދާދި ފަހުން ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓަރު ޑރ އިސްމާއިލް ޝަފީއު އާއި ބައްދަލުކުރައްވާފައެވެ. އަދި ރާއްޖެއާއިއެކު ތައުލީމީ ދާއިރާއިން މަސައްކަތްތައް ވަރުގަދަ ކޮށް ފުޅާ ކުރުމާއި ގުޅޭގޮތުން މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާކަމަށް  މައުލޫމާތު ދީފައިވެއެވެ.

އެ ކޮމިޝަނުން ބުނެފައިވާގޮތުން ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުގެ ތެރެއިން ދެ ގައުމުގެ ދެމެދު އޮތް ތާރީހީ ގުޅުމާއި ސަގާފީ ގުޅުމުގެ ބޭޏުން ހިފައި ދެ ފަރާތަށްވެސް މަންފާ ވަނިވި ގޮތެއްގެ މަތިން މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާފައިވެއެވެ. އަދި ހާއްސަކޮށް ތައުލީމީ ދާއިރާގެ ތެރެއިން އެ ލަނޑުދަނޑިތައް ހާސިލުވެގެންދިއުން މުހިންމުކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި ބައްދަލުވުމުގެ މަައިގަނޑު ފޯކަސްއަކަށް ވެގެންދިޔައީ ސްރީލަންކާގެ ޓީޗަރުންގެ ދައުރު ރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރޭގައި ފުޅާކޮށް ފަހި ފުރުސަތު ތަކެއް ހޯދައިދިނުމުގެ މައްޗަށްކަމަށްވެސް ރާއްޖޭގައި ހުންނަ ލަންކާގެ ހައިކޮމިޝަނުން ބުނެފައިވާއިރު، އެ ގައުމުގެ ތައުލީމީ ދާއިރާގެ މަސައްކަތްތެރިންވަނީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ތައުލީމީ މައިދާން ބިނާކޮށްދިނުމުގައި މުހިންމު މަސައްކަތްތަކެއް ކޮށްފައިކަމަށްވެސް ހިއްސާކޮށްފައިވެއެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގައި އެ ގައުމުގެ ޓީޗަރުންނަށް އިހުތިރާމްއާއި މަގުބޫލުކަންވެސް ހާސިލުކުރެވިފައިވާކަމަށް ބުޔނެފައިވެއެވެ.

ކޮމިޝަނުގެ ބަޔާނުގައިވާގޮތުން މިނިސްޓަރ ޝަފީއުވަނީ އެ ގައުމުގެ މަސައްކަތްތައް ބަލައިގަންނަވާކަން އިޝާރާތްކުރައްވާފައެވެ. އަދި ރާއްޖޭގެ ގިނަ އަދަދެއްގެ ސީނިއާ ލީޑަރުންނާއި ޕްރޮފެޝަނަލުންނަކީ ލަންކާގެ މުދައްރިސުންގެ އަރިހުން ދަރިވަރުވެފައިވާ މީހުންކަންވެސް އެމަނިކުފާނު ހިއްސާކުރެއްވިކަމަށް މީޑިއާތަކަށް މައުލޫމާތު ދީފައިކަމަށްވާއިރު ރާއްޖޭގެ ތަރައްގީގެ ދަތުރުގައި އެ ގައުމުގެ ޓީޗަރުން އަދާކޮށްދީފައިވާ ދައުރަށްޓަކައި ޝުކުރުވެރިވެވަޑައިގަންނަވާކަންވެސް މިނިސްޓަރު ވިދާޅުވިކަމަށްވެސް ބުނެފައިވެއެވެ.

ބަޔާނުގައިވާގޮތުން މިނިސްޓަރ ޝަފީއުވަނީ ރާއްޖޭގައި މަސައްކަތްކުރަމުންދާ ސްރީލަންކާގެ ޓީޗަރުންގެ އަދަދުތައް މަދުވެފައިވުމާއިމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އެގޮތުގެ މަތިން ކަންކަން ކުރިއަށްދާ ނަމަ ދެ ގައުމުގެ ދެމެދު ތައުލީމީ ދާއިރާއިން ގާއިމުކުރެވިފައިވާ ވަރުގަދަ ގުޅުން ހީނަރުވެގެންދިއުމަށް ދިމާވާނެކަމަށްވެސް ފާހަގަކޮށްފައިވާއިރު، އެކަން ހައްލުކުރުން ކުރިއަށް އޮތް ޖީލުތަކަށް ރަނގަޅު ފެންވަރެއްގެ ތައުލީމެއް ލިބިގެންދާކަން ކަށަވަރުކުރުމަށްޓަކައި ކޮންމެހެންވެސް ބޭނުންތެރިކަމަށް ވިދާޅުވިކަމަށްވެސް ބުނެފައިވެއެވެ.

މި ބައްދަލުވުމުގައި ހައިކޮމިޝަނަރު ގޫނަވަރްދަނާވަނީ ރާއްޖެއަށް ބޭނުންވާ އެއްބާރުލުން އެ ގައުމުގެ ފަރާތުން ލިބިގެންދާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި އޭނާވަނީ ދިވެހި އެޑިއުކޭޝަން މިނިސްޓްރީއިން ލަންކާގެ ޓީޗަރުން ރެކްރޫޓު ކުރަމުންދާ މިންވަރުތައް އިތުރުކުރުމަށްވެސް އެދިވަޑައިގެންފައިކަމަށްވާއިރު ދެ ގައުމަށްވެސް އެކަމުގެ ފައިދާތައް ހުރިކަމަށް ދެކިވަޑައިގަންނަވާކަން ހާމަކުރެއްވިއެވެ. މި ކަމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ޓީޗަރުން މަދުވުމުގެ ދަތިތަކުން ލުޔެއް ލިބިގެންދާނެކަމަށްވެސް އޭނާ ސިފަކުރެއްވިއިރު، ދެ ގައުމުގެ ދެމެދު އޮތް ޒަމާންވީ އެކުވެރިކަން އިތުރަށް ވަރުގަދަވެގެންދާނެކަމަށްވެސް ގޫނަވަރްދަނާ ވިދާޅުވިއެވެ.

މީގެ އިތުރުން ދެ ފަރާތުންވަނީ ސްޓޫޑެންޓް އެކްސްޗޭންޖް ޕްރޮގްރާމްތަކާއިމެދުވެސް މަޝްވަރާކުރައްވާފައިކަމަށް ބަޔާނުގައިވެއެވެ. އެގޮތުން ދެ ގައުމުގެ ދަރިވަރުންނަށް އެހެނިހެން މާހައުލުތަކާއި ސަގާފަތްތަކުގެ އިތުރުން ނަޒަރިއްޔާތަކުގެ މައުލޫމާތު މުއްސަނދިވެގެންދިއުން ދެމެހެެއްޓެނިވި ގޮތެއްގެ މަތިން ގައުމުތަކުގެ ދެމެެދު ގުޅުން ގާއިމުވެފައި އޮތުމުގައިވެސް މުހިންމު ދައުރެއް އަދާކުރާކަމަށް ދެ ފަރާތުންވެސް އެއްބަސްވާކަމަށް ބުނެފައިވާއިރު އެއީ ލަންކާ އާއި ރާއްޖޭގެ ޒުވާންޖީލުތަކުގެ ދެމެދު އެކުވެރިކަން އާލާކުރުމަށްވެސް މުހިންމު ކަމެއް ކަމަށް ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: