ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިދާގަ ހިނގާ ކުންފުންޏަކަށް މިފްކޯ ބައްޓަން ކުރުމުގައި ބޯޑުގެ ދައުރު ފުރިހަމައަށް އަދާކޮށްދޭނަން: ޗެއާމަން

މިފްކޯގެ ޗެއަރމަން ޝަރީފް: ފޮޓޯ/ މިފްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ޒަމާނީ ވަސީލަތްތަކާއެކު ހިންގުން ހަރުދަނާ ކުންފުންޏަކަށް ބައްޓަން ކުރުމުގައި އެކުންފުނީގެ ބޯޑުގެ ދައުރު ފުރިހަމައަށް އަދާކޮށްދެއްވާނެ ކަމަށް މިފްކޯގެ ޗެއާމަން އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މިމަހުގެ 7 އިން 8 އަށް ކަނޑުއޮތްގިރި ފިޝް ވިލެޖުގައި ކުރިއަށް ގެންދިޔަ މިފްކޯ އިފިޝެންސީ އެކްސަސައިޒް“ ނިންމުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ޝަރީފްވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގެންގުޅުއްވާ ރިފޯމް އެޖެންޑާގެ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާފައެވެ.

ޗެއަރމަން ޝަރީފް ވިދާޅުވީ، އެފަދަ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ރިފޯމް މަސައްކަތެއް މިފްކޯގެ މެނޭޖުމެންޓުން މިހާތަނަށް ކުރުމަކީ އިސްރާފު ކުޑަކުރުމަށް އެޅުނު ހަރުދަނާ ފިޔަވަޅެއްކަމަށެވެ. އަދި ވަކިން ހާއްސަކޮށް މިނިވަންދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބުކުރައްވައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި އެކަން ފާހަގަކުރެއްވުމަކީ މިފްކޯއަށް ލިބިގެންދިޔަ ބޮޑު ފަހުރެއްކަމަށް ހިއްސާކުރެއްވިއެވެ.

އޭނާ ވިދާޅުވީ، މުއައްޒަފުންނާއި ކުންފުންޏަށް އެންމެ ރަނގަޅު ގޮތް ހޯދައިދެއްވުމަށްޓަކައި ސަރުކާރާއި ގުޅިގެން ބޯޑު ލެވެލްގައި ކުރަން ޖެހުނު ކޮންމެ މަސައްކަތެއްވެސް ކުރަން ތައްޔާރުކަމަށެވެ. އަދި ބޯޑުގެ ނިންމުންތައް ބިނާވެގެންދާނީ ކުންފުނީގެ ކުރިމަގަށް ވަރަށް ބޮޑަށް ރިއާޔަތްކޮށް ވިސްނުމަށް ފަހުކަމަށާއި މުޅި ބޯޑުންވެސް ގެންގުޅެނީ އެ ވިސްނުންކަމަށް މައުލޫމާތު ދެއްވިއެވެ. \

ޝަރީފް ވިދާޅުވީ، ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތުގައި މެނޭޖުމެންޓަށް އިތުބާރު އެބައޮތް ކަމަށާއި، ހިންގުމުގެ ތެރެއަށް ދަތިވާ ކަން ކަން ހައްލުކުރުމަށް ބޯޑު ލެވެލްގައި ނިންމަންޖެހޭ ނިންމުންތައް ނިންމުމާއި، ކުންފުންޏަށް އެންމެ ލާބަހުރި ގޮތްތަކަށް ބޯޑު މެންބަރުންގެ މެދުގައި އަބަދުވެސް މަޝްވަރާ ކުރެެވެމުންދާކަމަށެވެ.

.ޝަރީފް ވިދާޅުވީ މިފަދަ މަހާސިންތާތަކުގެ ސަބަބުން ކަންކަން އޮންނަ ގޮތާއި، ކަން ހިނގަމުން އަންނަގޮތް ސާފުވެގެންދާ ކަމަށެވެ. އަދި އެކަމަކަށް އޮންނަ އެންމެ ރަނގަޅު ގޮތް އިހުތިޔާރުކުރުމަށް މަޝްވަރާކޮށް، އެންމެ ފަހުގެ އިސްތިރާޖީ ވިސްނުންތައް ކުރިއަށް ނެރެގެން ދެމެހެއްޓެނިވިކަމާއެކު، ޒަމާނީ އައު ގޮތްތައް ހޯދައިގެން ހިދުމަތް ދިނުމަށް ފަސޭހަވެގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މި އެކްސަސައިޒްގެ ތެރެއިން ހިއުމަން ރިސޯސަސް މެނޭޖުމަންޓާއި، ޓެކްނިކަލް އަދި އިންޖިނިއަރިންގ ދާއިރާއަށް ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ހަރުދަނާކުރަންޖެހޭ ގިނަ ކަންކަން އަދިވެސް ހުރިކަން ފާހަގަކުރެވިފައިވާކަމަށާއި. މީގެ އިތުރުން އައު މާކެޓްތައް ހޯދުމުގައި މެނޭޖުމެންޓުން ކުރާ މަސައްކަތުގައި ޕޮލިސީ ލެވެލްގައިވެސް ގިނަ ނިންމުންތަކެއް ނިންމަންޖެހޭކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: