ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ދަރިފުޅު ބުނަނީ ހަސީނާ ބަންގްލަދޭޝްއަށް އަނބުރާ ވަޑައިގަންނަވާނެ ކަމަށް“

ބަންގްލަދޭޝްގެ ކުރީގެ ބޮޑުބަޒީރު ހަސީނާ
ޝެއާރކޮށްލާ ކަހަލަދޯ؟

ބަންގްލަދޭޝްގެ އިސްތިއުފާ ދެއްވި ބޮޑުވަޒީރު، ޝެއިޚް ހަސީނާ، އިންތިޚާބު އިޢުލާންކުރެވޭ ހިނދު ޤައުމަށް އެނބުރި ވަޑައިގަންނަވާނެ ކަމަށް އޭނާގެ ދަރިކަލުން ސަޖީބް ވަޒެޑް ޖޮއި ވިދާޅުވެއްޖެއެވެ.

މި ހަފްތާގެ ކުރީކޮޅު ބަންގްލަދޭޝްގައި ހިނގަމުންދިޔަ މުޒާހަރާތަކާއިއެކު ރައްކާތެރިކަން ގެއްލުމާއި ގުޅިގެން އިސްތިޢުފާދެއްވައި ޤައުމުން ފިއްލަވައިގެން ވަޑައިގެންނެވި ހަސީނާ މިހާރު ހުންނެވީ އިންޑިއާގައެވެ. ބަންގްލަދޭޝްގެ މީޑިއާތަކުން ބުނާ ގޮތުގައި ހަސީނާއާ ދެކޮޅަށް ހިންގުނު ހަފްތާތަކެއްގެ މުޒާހަރާތަކުގައި 500 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އޭގެ ތެރެއިން ގިނަ ބަޔަކު މަރުވެފައިވަނީ ފުލުހުންގެ ވަޒަނުންނެވެ.

1971 ގައި ބަންގްލަދޭޝްގެ މިނިވަންކަމަށް ކުރެވުނު ހަނގުރާމައަށްފަހު އެ ޤައުމުން ފެނިފައިވާ އެންމެ ގަދަފަދަ އަނިޔާވެރިކަމުގައި ހާހުން ގުނާލެވޭ މީހުންނަށް އަނިޔާވެފައިވެއެވެ.

”ހަމަ ޔަޤީނުންވެސް، ހަސީނާ ބަންގްލަދޭޝްއަށް ވަޑައިގަންނަވާނެ،“ ހަސީނާގެ ދަރިކަލުން ވާޒެދު ބީބީސީއަށް ވިދާޅުވިއެވެ. އަދި އިންތިޤާލީ ސަރުކާރުން އިންތިޚާބު ބޭއްވުމަށް ނިންމާ ވަގުތެއްގައި އޭނާގެ މަންމަ އެނބުރި ވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

ނޯބަލް ލޯރިއޭޓް މުޙައްމަދު ޔޫނުސްގެ އިސްނެންގެވުމުގެ ދަށުން އެކުލަވާލެވުނު ސިފައިންގެ ބާރު ލިބިގެންވާ އިންތިޤާލީ ސަރުކާރު، 16 ލަފާދޭ ބޭފުޅުންނާއެކު ބުރާސްފަތި ދުވަހު ހުވާކުރެއްވިއެވެ. މި ލަފާދޭ ބޭފުޅުންގެ ތެރޭގައި ދަރިވަރުންގެ އިހުތިޖާޖުގެ ދެ އިސް ލީޑަރުން ހިމެނެއެވެ. ހަސީނާގެ ދަރިކަލުން ވާޒެދަކީ މިހާރު އެމެރިކާގައި ދިރިއުޅުއްވާ އިންފޮމޭޝަން ޓެކްނޮލޮޖީގެ މާހިރެކެވެ.

އޭނާ 2009 އިން 2024 ވަޒީރުކަމުގައި ހުންނެވި ދުވަސްވަރު، އައި.ޓީ ލަފާދޭ ފަރާތެއްގެ ގޮތުގައި ހަސީނާއަށް އެތައް އަހަރެއްގައި މަސައްކަތްކުރެއްވިއެވެ.

”އޭނާ ހަމަގައިމުވެސް އަނބުރާ ވަޑައިގަންނަވާނެ،“ އޭނާގެ ދަރިކަލުން ވިދާޅުވިއެވެ.

”ސިޔާސީ މައިދާނަށް އަނބުރާ ވަޑައިގަންނަވާނެތޯ ނުވަތަ ނޫންތޯ، އެ ނިންމުމެއް އަދި ނުނިންމަވައެވެ. އޭނާއާމެދު ކަންތައް ކުރެވުނު ގޮތާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިވަޑައިގެން ހުންނެވީ.“ ހަސީނާގެ ދަރިކަލުން ވިދާޅުވިއެވެ.

ދައުލަތުގެ ވަޒީފާތަކުގައި ކޯޓާ ކަނޑައެޅުމާ ދެކޮޅަށް މިދިޔަ މަހު ދަރިވަރުން ފެށި އިހުތިޖާޖު، ފުލުހުންގެ އަނިޔާވެރި ޢަމަލުތަކާ ގުޅިގެން، ބޮޑުވަޒީރު ހަސީނާ ވެރިކަމުން ދުރުކުރުމަށް ބޮޑު އިހުތިޖާޖަކަށް ބަދަލުވެގެން ދިޔައެވެ.

ހަސީނާގެ ދަރިކަލުން ޔަޤީންކުރައްވާ ގޮތުގައި ވޯޓުލުން ބޭއްވޭއިރު، ހަސީނާގެ ޕާޓީ ކަމުގައިވާ އަވާމީ ލީގު ކާމިޔާބު ހޯދާނެއެވެ.

”އަޅުގަނޑަށް ޔަޤީން، މިއަދު ބަންގްލަދޭޝްގައި އިންތިޚާބެއް ބާއްވައިފިނަމަ، އަދި އެއީ މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށްވެ، ހަމަހަމަ ފުރުސަތު ލިބިފައިވާނަމަ، އަވާމީ ލީގުން ކާމިޔާބު ހޯދާނެކަން،“ އޭނާ ވިދާޅުވިއެވެ.

ހަސީނާ ބޮޑުވަޒީރުކަމުގެ މަޤާމަށް ހަތަރުވަނަ ދައުރަކަށް ވަޑައިގަތީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހު ބޭއްވުނު ޚިލާފު އުފެދިފައިވާ އިންތިޚާބަކުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: