ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނޑުތަކުން އުފަލާ ހިތްހަމަޖެހުން ހޯދުމަށް ކަނޑުތައް ހިމާޔަތްކުރުން މުހިއްމު: ފަސްޓް ލޭޑީ

ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަން އޮތް ޖީލުތަކުގެ ރާޅާ އެޅުންތެރިންނަށް ކަނޑުތަކުން އުފަލާ ހިތްހަމަޖެހުން ލިއްބައިދިނުމަށްޓަކައި ކަނޑުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ފާހަގަ ކުރައްވައިފިއެވެ.

”އޭ.އެސް.އެފް އޭސިއަން ސާރފިން ޗެންޕިއަންޝިޕް 2024“ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރާޅާއެޅުންފަދަ ހަރަކާތެއްގެ ނިމުން ފާހަގަކުރާއިރު ކަނޑުތަކުގެ ވެށި ހިމާޔަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

އެކަމަނާގެ ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކަކީ ދިރިއުޅުމަށް ކުރާ މަސައްކަތްތަކާއި ކަނޑުގެ ދިރުންތަކާއި އަދި ރާޅާއެޅުންފަދަ ކަންކަމަށް ވެސް އޮތް ނުރައްކަލެއްކަން ފާހަގަކުރައްވައި ކަނޑުތައް ހިމާޔަތްކުރުމަށާއި ޕްލާސްޓިކް ކުނި މަދުކުރުމަށާ އަދި ދެމެހެއްޓެނިވި ގޮތްތައް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.

ރާޅާ އެޅުމުގެ މުބާރާތުގެ މައްޗަށް އަލިއަޅުއްވާލައްވައި އެކަމަނާ ވަނީ އެއީ ޝައުގުވެރިކަމާއި ހުނަރާ އަދި އެކުވެރިކަން ދައްކުވައިދޭ މުބާރާތެއްކަން ފާހަގަކުރައްވާފައެވެ. އެކަމަނާގެ ވާހަކަފުޅުގައި، މުބާރާތުގެ ފަޚުރުވެރި ވަނަތައް ހޯދިފަރާތްތަކަށް މަރުހަބާ ވިދާޅުވެ، އެ ކާމިޔާބީއަކީ އެކުޅުންތެރިން ނިސްބަތްވާ ޤައުމަށް ލިބޭ ރީތިނަމެއްގެ އިތުރުން އެފަރާތްތަކުން އެކަމަށް ދެއްވި ސަމާލުކަމާއި ކުރެއްވި ބުރަ މަސައްކަތް ފެނިގެންދާ ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި މުބާރާތުގައި ބައިވެރިން ދެއްކެވި ކުޅަދާނަކަމާއި ހިތްވަރު އެކަމަނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ކުޅުންތެރިންގެ ކުޅުމާއި އަދި ހިތްވަރާއެކު ކުރާ މަސައްކަތުން އެހެން މީހުންނަށް ހިތްވަރު ލިބިދޭކަމަށާ އަދި އެއީ ކުޅިވަރުގެ ރޫހާ އެކުވެރިކަން އާލާކުރުމަށް މުހިންމު ކަމެއް ކަމުގައެވެ.

ވިހި ޤައުމަކުން ޖުމްލަ 113 އެތުލީޓުން ބައިވެރިވި މި އަހަރުގެ އޭސިއަން ސާފިންގ ޗެންޕިއަންޝިޕް ކުރިއަށް ގެންދިޔައީ ކ. ތުލުސްދޫގައެވެ. މިއީ ރާއްޖޭގައި އޭސިއަން ސާފިންގ ޗެންޕިއަންޝިޕް ބޭއްވި ދެވަނަ ފަހަރު ކަމުގައި ވީނަމަވެސް މިއީ މި މުބާރާތުގެ ކޮލިފިކޭޝަން ހަރަކާތެއް ރާއްޖޭގައި ބޭއްވި ފުރަތަމަ ފަހަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: