ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަގްލަދޭޝް ރައްޔިތެއްގެ އަތުން 81،030 ޑޮލަރު އަތުލައިގަނެފި.

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ވަގަށް ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ޑޮލަރު ބަޤްލަދޭޝް ރައްޔިތެއްގެ އަތުން އަތުލައިގަނެފިއެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އިން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ މާލެއިން ބަގްލަދޭޝްގެ ޑާކާއަށް ފުރަން އުޅުނު ބަޤްލަދޭސްގެ ރައްޔިތެއްގެ ލަގެޖުން ފޮރުވައިގެން ޤަވައިދާ ޙިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު 81،030 ޑޮލަރު ހިފަހައްޓައިފައިވާ ކަމަށެވެ. ރާއްޖޭގެ ރުފިޔާއިން ބަލާނަމަ އެއީ 1.2 މިލިއަން ރުފިޔާއެވެ.

 

ބަގްލަދޭޝް މީހާ އެ ޑޮލަރު މާލެއިން ބޭރަށް ގެންދަން މަސައްކަތް ކޮށްފައިވަނީ “ ކޯންފްލޯ ޕެކަޓަކަށް “ އަޅައި ބަންދުކޮށްގެންނެވެ. ޑޮލަރު ތަކުގައި ފޮޓޯއިން ފެންނަ ގޮތުގައި އެކި ފަރާތްތަކުގެ ނަން ވަނީ ޖަހާފައެވެ. ް

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: