ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 73 މިލިއަން ރުފިޔާ!

ޒަކާތް ދައެްކަންނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 73 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ 8 މަސް ދުވަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 73.8 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު މުދަލު ޒަކާތުގެ މިންވަރާއި އަޅާ ބަލާއިރު، މިއީ އިތުރުވުމެކެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 67.1 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިއީ 6.6 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މީގެ ކުރީގައި މުދަލު ޒަކާތް ބަލައިގަތީ، އިސްލާމިކް މިނިސްޓްރީއަށް ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަނީ މީރާއަށެވެ. އޮންލައިންކޮށް އަދި މީރާއަށް ގޮސްގެންވެސް މުދަލު ޒަކާތް ދެއްކެއެވެ.

މިހާރު އިސްލާމިކް މިނިސްޓްރީން ވަނީ މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ބަހަން ފަށާފައެވެ. މިއީ އެންމެ ގިނައިން ބޮލަކަށް މުދަލު ޒަކާތް ބަހާ އަހަރުކަމަށް މިނިސްޓްރީއިން ބުންޏެވެ.

މިދިޔަ އަހަރުތަކުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރަށް ބަލާއިރު، 2021 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ބަހާފައިވަނީ 2،700 ރުފިޔާއެވެ. 2022 ވަނަ އަހަރު 3،000 ރުފިޔާ ބަހާފައިވާއިރު، 2023 ވަނަ އަހަރު ބަހާފައިވަނީ 3،500 ރުފިޔާއެވެ. މިއަހަރު ބެހުމަށް ހަމަޖެހިފައިވަނީ 4،000 ރުފިޔާއެވެ.

އިސްލާމިކް މިނިސްޓްރީން މިއަހަރު ވަނީ ޒަކާތު ފަންޑުން ބޭސް ފަރުވާއަށް 16.8 މިލިއަން ރުފިޔާވެސް ދޫކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: