ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންސްޕާއާއި ގުޅޭގޮތުން ފަތުރާ ވާހަކަތައް ތަހުގީގުކުރަން އޭސީސީގައި އެދިއްޖެ

ކޮންގްރެސް ކޯލިޝަންގެ މަޖިލިސް ސްޕޯކްސްޕާސަން ހީނާ ވަލީދު/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެންސްޕާއާ ގުޅޭގޮތުން ފެތުރެމުންދާ ހަގީގަތާ ޚިލާފު މަޢުލޫމާތުތަކުގެ މައްސަލަ ބެލުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި އެ މުއައްސަސާއިން އެދިއްޖެއެވެ.

އެންސްޕާއިން ހާމަކުރިގޮތުގައި، އެ އިދާރާ ހިންގުމަށްޓަކައި އިމާރާތެއް ހޯދުމާ ގުޅޭގޮތުން ބައެއް މީޑިއާތަކުން ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ފަތުރަމުންދެއެވެ. މިކަމުގެ ސަބަބުން، އިޖްތިމާޢީ ރައްކާތެރިކަމާއި މުއައްސަސާގެ ނަޒާހަތްތެރިކަމާ މެދު ރައްޔިތުންގެ ހިތްތަކުގައި ޝައްކު އުފެދޭ ގޮތަށް މަޢުލޫމާތު ދެމުންދާތީ، މި މައްސަލައިގެ މިނިވަން އަދި ފުރިހަމަ ތަޙްޤީޤެއް ހިންގައި، ޙަޤީޤަތް ރައްޔިތުންނަށް ހާމަކުރުމަކީ އެންމެ އެދެވިގެންވާ ގޮތްކަމުގައި އެންސްޕާއިން ދެކެއެވެ.

އެންސްޕާއިން ވަނީ މި މައްސަލައިގެ ތަޙްޤީޤު ފުރިހަމަކުރުމަށްފަހު، ކަމާ ގުޅޭ ރިޕޯޓު އެ އިދާރާއާ ހިއްސާކުރުމަށް އެދިފައެވެ.

މި މައްސަލަ އޭސީސީއަށް ހުށަހަޅާފައި މިވަނީ އެންސްޕާ ހިންގުމަށްޓަކައި ބޮޑު އަދަދެއްގެ ފައިސާ ހޭދަކޮށްގެން އިމާރާތެއްގެ ދެ ފަންގިފިލާ ކުއްޔަށް ހިފުމުގެ މަސައްކަތުގައި ކޮރަޕްޝަންގެ ޢަމަލުތައް ހިންގާފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ރިޕޯޓުކުރުމާ ގުޅިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: