ދުނިޔޭގައި ސުލްހަ ގާއިމުކުރުމަށް ޓަކައި ރާއްޖެއިން އެމެރިކާއާ ގުޅިގެން މަސައްކަތް ކުރަން ތައްޔާރަށް އޮތް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގަންނަވަނީ ދުނިޔޭގައި ވަރަށް ބޮޑަށް ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. އެހެންކަމުން މި ހާލަތާ ކުރިމަތިލެއްވުމަށް ރައީސްގެ ހިކުމަތާއި ހުޝިޔާރު ކަމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ދެ ގައުމުން ވެސް ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޓަކައި، ރާއްޖެއިން އޮތީ އާ ސަރުކާރާއެކު މަސައްކަތް ކުރަން ތައްޔާރަށް ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ދުނިޔޭގެ ސުލްހައަށް ޓަކައި މަސައްކަތް ކުރުމާއި ދެ ގައުމުގެ ޒަމާންވީ ގުޅުން ވަރުގަދަ ކުރުން ހިމެނޭ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

