ސެޕްޓެމްބަރުގެ ކުރިން އިއާދަކުރުވަނިވި ހަކަތައިން ކްލާސްރޫމްތައް އޭސީކޮށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރ ހުޅުދުއްފާރުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، އޭސީ ހަރުކުރުމާއި އަދި އެއަށް ބޭނުންވާ ހަކަތަ އިޔާދަކުރަނިވި ހަކަތައިގެ ޒަރިއްޔާއިން ހޯދޭނެ މަގު ފަހި ކުރުމަށް މަޝްރޫއުތަކެއް ފެށިފައިވާ ކަމަށެވެ. އަދި އެ ކަމަށް ބޭނުންވާ ކަންކަން ހަމަޖެހި ވަރަށް ރަނގަޅު ހިސާބަކަށް ގެންދެވިފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިއަހަރުގައި ދެން އޮތް ދުވަސްތަކުގައި އިރާދަކުރެއްވިއްޔާ މި ރަށާއި ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ ސްކޫލެއްގެ ހުރިހާ ކްލާސްރޫމްތަކެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އިއާދަކުރަނިވި ހަކަތައިގެ ބޭނުންކޮށްގެން އޭސީކޮށްދީ، ފިނިކޮށްދޭނަން
ރައީސް އިތުރަށް ވިދާޅުވީ، އަމާޒަކީ ސެޕްޓެމްބަރު މަހާ ހަމައަށްދާއިރު، އެ މަސައްކަތް މުޅިން ނިންމާލުން ކަމަށެވެ.
ސަރުކާރުގެ ސުކޫލުތައް އޭސީކޮށް، މުދައްރިސުން ތަމްރީނު ކުރުމުުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމާފައިވާކަން އެޑިއުކޭޝަން މިނިސްޓްރީންވެސް ވަނީ ހާމަކޮށްފައެވެ.

