ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައުދުތައް ފުއްދުމަށް ވަރަށް ސަމާލުވަން، އެއީ ކޮންމެހެންވެސް ކުރަންޖެހޭ ކަންތައްތަކެއްކަން ގަބޫލުކުރަން: ރައީސް

ރައީސް ޑރ މުއިއްޒު ރައްޔިތުންނާއި ބައްދަލުކުރައްވަނީ: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމަށް ވަރަށް ސަމާލުކަން  ދެއްވާކަމަށާއި އެކަންތައްތަކަކީ ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖެއްސުމަށްޓަކައި ކޮންމެހެންވެސް ކުރަންޖެހޭ މަސައްކަތްތަކެއްކަމަށް ގަބޫލުފުޅުކުރައްވާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

 

ހޯރަފުށީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަށުގެ ތަރައްޤީގެ މަސައްކަތްތަކުގައި ޢަމަލީ ކުރިއެރުންތަކެއް ހޯއްދަވައިދެޯއްދަވައިދެއްވުމަކީ އެމަނިކުފާނުގެ އަޒުމެއް ކަމަށެވެ. އަދި މިއީ މި ސަރުކާރުން މަސައްކަތްތައް ކުރިއަށް ގެންދާ އުސޫލު ކަމަށާއި، ކުރީގެ މަސައްކަތްތައްވެސް ނިންމާފައިވަނީ މި އުސޫލުން ކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މި އަހަރުގެ ތެރޭގައި އިންތިޚާބީ ވަޢުދުތަކުގެ ތެރެއިން ގިނަ ކަންތައްތަކެއް ޢަމަލީ ސިފަ ގެންނަވާނެ ކަމަށާއި، މިއަހަރަކީ ގިނަ މަސައްކަތްތަކެއް ޢަމަލީގޮތުން ކުރިއަށް ގެންދެވޭނެ އަހަރެއްކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާ ކަމަށެވެ. ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަވައިދެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާ ކަމަށާއި، އެއީ ރައްޔިތުންގެ އުންމީދުތައް ހާސިލުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް ކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ވަޢުދުތައް ވެވަޑައިގެންނެވީވެސް އެކަން ޤަބޫލުފުޅުކުރައްވައިގެން ކަމަށާއި، ސަރުކާރުގެ މަސައްކަތްތައް ރޭވިފައިވަނީ އެންމެ އަނީ އެންމެ އަވަސް ދުވެއްޔެއްގައި ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ކުރިއަށް ގެންދެވޭނެ ގޮތަކަށް ކަމަށެވެ. ހޯރަފުށީގެ މަސައްކަތްތައްވެސް ރޭވިފައިވާ އިންތިޒާމުތަކެއްގެ ދަށުން ކުރިއަށްދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެންމެ މުހިންމު އެއް ވަޢުދުކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި މި އަހަރުގެ ބަޖެޓުން ކަނޑައެޅިފައިވާ 1.5 ބިލިއަން ރުފިޔާ މެދުވެރިކޮށް ރާއްޖޭގެ އެކި ރަށްތަކުގައި ހައުސިންގ ޔުނިޓުތައް އިމާރާތްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކޮންޓްރެކްޓަރުން ހޯދުމަށް އިޢުލާންކުރެވިފައިވާ ކަމަށެވެ. އަދި މިއީ ރާއްޖޭގެ އެންމެހައި ރައްޔިތުންނަށާއި އާބާދީ ބޮޑުވެފައިވާ ހުރިހާ ރަށެއްގައިވެސް ޙައްލުކުރަންޖެހިފައިވާ އެންމެ މުހިންމު މައްސަލަކަމަށް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، މި މަސް ނިމުމުގެ ކުރިން އެ މަޝްރޫޢުތައް ހިންގުމަށް އިޢުލާން ކުރާނެ ވާހަކަ މީގެ ކުރިން ހާމަކުރައްވާފައިވާނެ ކަމަށާއި، މިހާރު އެކަން އިޢުލާންކުރެވިފައިވާއިރު ހޯރަފުށީގައިވެސް އެ މަސައްކަތްތަކުގެ ތެރެއިން 200 ހައުސިންގ ޔުނިޓު އެޅުމަށް ކަނޑައެޅިފައިވާ ކަމަށެވެ.

މީގެއިތުރަށް ރައީސް ވިދާޅުވީ، 200 ޔުނިޓު އެޅުމަށް ކަނޑައަޅާފައިވަނީ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތަކުގެ ގޮތުގައި ކަމަށާއި، ސަރުކާރުން ނިންމަވާފައިވަނީ މި އަހަރުގެ ތެރޭގައި ކޮންޓްރެކްޓަރުން ހޯއްދަވައި، މަސައްކަތް ޙަވާލުކުރައްވައި، ޚާއްޞަ އިސްކަމެއް ދެއްވައިގެން އެ މަސައްކަތްތައް ކުރިއަށް ގެންދެވުމަށް ކަމަށެވެ. އަދި ބިން ހިއްކުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވުމަށްވެސް ވަޢުދުވެވަޑައިގެންފައިވާނެ ކަމަށާއި، ކުނި ނައްތާލެވޭނެ ނިޒާމެއް ޤާއިމުކޮށް އެ މަގު ތަނަވަސްކޮށްދެއްވުމަށްވެސް ވަޢުދުވެވަޑައިގެންފައިވާނެ ކަމަށް އިޝާރާތްކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ހޮސްޕިޓަލުގެ މަސައްކަތްތައް މަޑުޖެހިފައި ނުވަތަ ކުރިއަށް ނުގޮސް އޮތުން ނިމުމަކަށް ގެނެސް ކުރިއަށް ގެންދެވުމަށްވެސް ވަޢުދުވެވަޑައިގެންނެވި ކަމަށާއި، ހަމައެފަދައިން ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރެއްވުމަށްވެސް ވަޢުދުވެވަޑައިގެންފައިވާނެ ކަމަށެވެ. އަދި ހޯރަފުށީގައި އެ މަސައްކަތްތައް ކުރިއަށް ގެންގޮސްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: