ފިޝަރީޒް މިނިސްޓްރީން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖެއިން އެކްސްޕޯޓުކުރާ މަހަށް މޯލްޑިވިއަންގެ ވައިޑް ބޮޑީ އުޅަނދުން ޗައިނާއަށް ކުރާ ދަތުރުތަކުގައި ޖާގަ ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. މީގެ އިތުރުން މަސްވެރިކަމުގެ ދާއިރާގެ ސަޕްލަޔަރުންވެސް މި ބައްދަލުވުމުގައި ބައިވެރިވިއެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ވަރުގަދަކުރުމަށްޓަކައި ކިރާ މަހަށް ފައިސާ ދިނުމުގެ އިންތިޒާމުތައް ހަރުދަނާކުރުން ފަދަ މަސައްކަތްތައް ކުރެވިފައިވާކަން ފިޝަރީޒް މިނިސްޓްރީން ފާހަގަކުރެއްވިއެވެ. އަދި އެ ދާއިރާއިން ލިބޭ ނަފާ އިތުރުކުރުމަށްޓަކައިވެސް ބޮޑެތި މަސައްކަތްތަކެއް ކުރެވެމުންދާކަން ހާމަކުރެއްވިއެވެ.
މި މުއައްސަސާތައް ގުޅިގެން ކުރެވޭ މަސައްކަތްތަކުގެ މައިގަނޑު ބޭނުމަކީ ރާއްޖެއިން މަސް އެކްސްޕޯޓުކުރުމުގެ މަސައްކަތްތައް އިތުރަށް ވަރުގަދަކޮށް، މަސްވެރިކަމުގެ ސިނާއަތުގެ ތެރެއިން އިތުރު ފުރުސަތުތައް ހުޅުވާލުންކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތު ދެއްވިއެވެ.

