މި ހިނގަމުންދާ 1446 ވަނަ އަހަރު މާލެސިޓީގައި ފިޠުރު ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މައިދާންތަކާއި މިސްކިތްތައް އިސްލާމިކް މިނިސްޓްރީން އާންމުކޮށްފިއެވެ.
ޢީދު ނަމާދު ކުރަން ފަށާގަޑިއަކީ ހެނދުނު 7.00 އެވެ.
އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މިއަހަރު ބޮޑު ޖަމާއަތުގައި އީދުނަމާދު ކުރުން އޮންނާނީ މާފަންނު ސްޓޭޑިއަމްގައެވެ. މީގެ އިތުރުން މާލޭގެ 26 މިސްކިތެއްގައި އީދުނަމާދު ކުރުން ކުރިއަށްދާނެއެވެ.
އޭގެ ތެރޭގައި މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢްޡަމް (އިސްލާމީ މަރުކަޒު)، މަސްޖިދުލްމަލިކި ސަލްމާން، މަސްޖިދުލްފުރުޤާން، މަސްޖިދުއްނޫރު، މަސްޖިދުއް ޝަޙީދު ޢަލީ، މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް)، މަސްޖިދުއްސުލްޠާނު މުޙައްމަދު ފަރީދުލްއައްވަލު (ދުބުރި މިސްކިތް)، މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)، މަސްޖިދުއްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް)، މަސްޖިދު ޞަލާޙުއްދީން، މަސްޖިދު ޖަލާލުއްދީންގެ އިތުރުންވެސް އިތުރު މިސްކިތްތައް ހިމެނެއެވެ.

