ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްއޯއީތަކުން ހިންގާ ޕްރޮޖެކްޓުތަކުގެ މައުލޫމާތުތައް ރައީސްއަށް

ވަޒީޜުންގެ ކެބިނެޓް/ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތް ހިއްސާވާ ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުން، އުމްރާނީ ތަރައްގީގެ މަަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި ހިއްސާކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މި ބައްދަލުވުމާއި ގުޅޭ މައުލޫމާތު ދެމުން ބުނެފައި ވަނީ، ވަޒީރުންގެ މަޖިލީހަށް ދައުލަތް ހިއްސާވާ ކުންފުނިތަކުގެ އެމްޑީގެ ބައިވެރިވުމާއި އެކު ކުރިޔަށް ގެންދެވުނު ބައްދަލުކުރެއްވުމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ ފަހުގެ މައުލޫމާތުވެސް ހިއްސާކުރައްވައި އެ މަޝްރޫއުތަކުގައި ގުޅޭގޮތުން މަޝްވަރާކުރައްވައިފައިވާކަމަށެވެ.

މި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ، އުމްރާނީ ތަރައްގީގެ މަޝްރޫޢުތައް ނިންމަވަން ކަނޑައަޅުއްވާފައިވާ ތަރީޚްތަކަށް މަޝްރޫޢުތައް ނިންމެވުމަށް ބާރުއަޅުއްވައި އެކަންކަން ފުރިހަމަކުރެއްވުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އޮޅުންފިލުއްވާދެއްވާފަ އެވެ.

މީގެއިތުރުން، ވަޒީރުންގެ މަޖިލީހަށް ހާޒިރުވެ ތިއްބެވި ވަޒީރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންގެ ފަރާތްޕުޅުން ފާހަގަކޮށްފައިވާ ކަންކަމަށް އެންމެ އެކަށީގެންވާ ފިޔަވަޅެއް އެޅުމަށްޓަކައި ކުރެވޭނެ ކަންކަމާއި މެދު ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.

މި ބައްދަލަކުރުމުގައި، އެސްޓީއޯ، ވެމްކޯ، ފެނަކަ ކޯޕަރޭޝަން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީސީސީ އަދި އެމްޑަބްލިއުއެސްސީން ވަނީ އެ ކުންފުނިތަކުން ހިންގާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

ސަރުކާރުން ހިންގާ ގިނަ ޕްރޮޖެކްޓުތައް ހަވާލުކުރަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ. އެގޮތުން، އެމްޓީސީސީއަަކީ ސަރުކާރުން ހިންގާ ޕްރޮޖެކްޓުތަކަށް ހަވާލުވުމުގައި އެންމެ ބޮޑު ހިއްސާ އަދާކުރާ އެއް ކުންފުނިކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: