ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަންކާ ހައި ކޮމިޝަނުން ރާއްޖޭގައި ފުޓްސެލް މުބާރާތެއް ކުރިއަށް ގެންދަނީ!

ފުޓްސަލް މުބާރާތުގެ މައުލޫމާތުތައް: ފޮޓޯ/ ސްރީލަންކާ ފްރެންޑްޝިޕް ފޯރަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީލަންކާގެ ހައި ކޮމިޝަނުން ރާއްޖޭގައި ފުޓްސެލް މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.

ސްރީލަންކާގެ ހައި ކޮމިޝަނުން ބޭއްވުމަށް ނިންމާފައިވާ ފުޓްސަލް ޓޯނަމެންޓަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަށް ހާއްސަކޮށްގެން ބާއްވާ ހަރަކާތެކެވެ. މިހާރު މި މުބާރާތަށް ބޭނުންވާ މެޗު ޑްރޯ ނިންމާފައިވާއިރު މި ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ހައި ކޮމިޝަންގެ އިމާރާތުގައެވެ.

މި މުބާރާތަކީ ރާއްޖޭގައި އެ ގައުމުން ބާއްވާ މިފަދަ ފުރަތަމަ ފުޓްސަލް ޓޯނަމެންޓެވެ. މި މުބާރާތް ކުރިއަށް ގެންދާނީ މި މަހުގެ 23 ވަނަ ދުވަހުގައިކަމަށްވާއިރު ހެނދުނު 8:00ގައި ފެށިގެންދާނެކަން ފާހަގަކުރެވެއެވެ. ޗީފް ގެސްޓެއްގެ ގޮތުގައި ރާއްޖޭގެ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް ރައްޒާގް އިބްރާހިމް ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ލަންކާގެ ހައި ކޮމިޝަނަރުވެސް ބައިވެރިވެވަޑައިގަންނަވާނެކަން ފާހަގަކޮށްލެވެއެވެ.

16 ޓީމަކުން ވާދަކުރާ މި މުބާރާތުގައި ތިން ވަނައެއް ހޮވާއިރު އެއްވަނަ ލިބޭ ޓީމަކަށް 5000 ރުފިޔާގެ އިނާމެއް ދިނުމަށް ކަނޑައެޅިފައިވެއެވެ. އަދި އެއަރ ޓިކެޓެއްގެ އިތުރުން މެޑަލް އަދި ތަށި ހަވާލުކުރުންވެސް ކުރިއަށް ގެންދިއުމަށް ކަނޑައޅިފައިވެއެވެ. މުބާރާތަށް އެންޓްރީ ފީއަކީ 500 ރުފިޔާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: