ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޭޕާލްގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް އަޒީމާ އައްޔަންކުރުމަށް މަޖިލީހުން ފާސްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ނޭޕާލްގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅާފައިވާ ސަފީރު އައިޝަތު އަޒީމާ އައްޔަންކުރުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މަޤާމަށް އަޒީމާ އައްޔަން ކުރުމަށް ފެންނަ ކަމަށް ވޯޓު ދީފައިވަނީ 59 މެންބަރުންނެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދީފައެއްނުވެއެވެ.

ނޭޕާލްގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް އަޒީމާ އައްޔަންކުރުމަށް މަޖިލީހުން ފާސްކޮށްފައިވާއިރު ރާއްޖެއިން އިންޑިއާއަށް ކަނޑައެޅުއްވި އާ ސަފީރު، އެކަމަނާގެ ސަފީރު ކަމުގެ ފަތްކޮޅު އިންޑިއާގެ ރައީސް ދުރުޕަތީ މުރުމޫއަށް އެރުވީ މީގެ 3 މަސް ކުރިންނެވެ.

ރާއްޖެއިން ނޭޕާލަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރަކަށް އަޒީމާ އައްޔަންކުރުމަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވާފައިވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުއެވެ.

ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމުއަދާކުރެއްވުމުގެ އިތުރުން އަޒީމާ ވަނީ 2019- 2023 އަށް ޗައިނާގެ ސަފީރު ކަމުގެ މަޤާމުވެސް އަދާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: