ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްއާރްސީއެމްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެމްބަރުކަމަށް ކުރިމަތިލުމަށް ރައީސުލްމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ނެރުނު އިއުލާނުގައި ވަނީ، އެޗްއާރްސީގައި ހުސްވެފައިވާ 2 މެމްވަރުކަމުގެ ގޮނޑިއަށް ކުރިމަތިލުމަށް ހުޅުވާލާ ކަމަށެވެ.

އެޗްއާރްސީއެމްއަށް ކުރިމަތިލުމަށް އެދޭ ފޯމުގެ ސުންގަޑިއަކީ، 2025 ޖުލައި 9 ވަނަ ދުވަހުގެ މެންދުރު 12:00 ޖެހުމުގެ ކުރިނެވެ. އެގޮތުން ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި، ކޮންމެ ދުވަހެއްގެ ހެންދުނު 8:30 އިން މެންދުރު 12:00 ޖެހުމުގެ ނިޔަލަށް ފޯމް ހުށަހެޅޭނެއެވެ.

މީގެއިތުރުން، މި އެޕްލިކޭޝަން ފޯމް ރައީސް އޮފީހުގެ ވެބްސައިޓުންވެސް ލިބިވަޑައިގަންނަވާނެއެވެ.

އެޗްއާރްސީއެމްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލީ، މީގެ ކުރިން އެޗްއާރްސީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި، މޫމިނާއާއި ޝިފާތުގެ މެމްބަރުކަމުގެ މުއްދަތު ހަމަވުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: