ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިނަ އަދަދެއްގެ މުދަލާއިއެކު ވ. އަތޮޅު ކައިރިން ދަތުރުކުރަމުން ދިޔަ ބޯޓެއް ދިޔަވަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ގިނަ އަދަދެއްގެ މުދަލާއިއެކު ދަތުރުކުރަމުން ދަނިކޮށް ވ. އަތޮޅު ކައިރިން އޯޝަން އެކްސްޕްރެސް ބޯޓު ވަރަށް ބޮޑަށް ދިޔަވެ އަޑިއަށް ދާން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަގޮތުގައި ވަރަށް ބޮޑަށް ބޯޓު ދިޔަވަމުން އަންނަ މަންޒަރު ފެނެއެވެ. އެ ބޯޓުގައި ފަޅުވެރިންނާއިއެކު 12 ވަރަކަށް މީހުން ތިބި ކަމަށް މައުލޫމާތު ލިބެއެވެ.

އެބޯޓުގައި ގިނަ އަދަދެއްގައި ލަކުޑިއާއި އެ ނޫންވެސް މުދާ ހުރި ކަމަށާއި ބޯޓުގެ ފަލަތުކޮޅުގައި ހުރި ގިނަ އަދަދެއްގެ މުދާ ފެނުއަޑީގައި ހުރި ކަމަށް މީޑިއާތަކުގައިވެސް ރިޕޯޓުކޮށްފައި ވެއެވެ.

ވީޑިއޯތަކުން ފެންނަގޮތުގައި އެ ބޯޓަށް ވަރަށް ބޮޑަށް ރާޅު އަރާ މަންޒަރު ފެނެއެވެ. ކަމާގުޅުންހުރި މުވައްސަސާތަކުން ދަނީ އެ ބޯޓު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: