ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޟްވާންގެ މަރުގެ މައްސަލައިގެ ރިޕޯޓް ވަރަށް އަވަހަށް ނިމޭނެ: ރައީސް

ފޮޓޯ.. ސަން ( ރައީސް ސޯލިހް ނޫސްވެރިންގެ ބައްދަލުވުމެއްގައި)
ޝެއާރކޮށްލާ ކަހަލަދޯ؟

ރަހީނުކޮށް މަރާލައިފައިވާ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މަރުގެ މައްސަލަ ބަލައި ވަރަށް އަވަހަށް ނިމޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރިޟްވާންގެ މައްސައިގައި، މަރުގެ މައްސަލަތައް ބަލާ ކޮމިޝަނުން ދެ ޑްރާފްޓެއް ހިއްސާ ކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އެކަމާއި ގުޅިގެން ކުރަން ޖެހޭ މަސައްކަތްތައް ވަރަށް ގިނަ ކަމަށާއި، އެ މަސައްކަތް ކުރަން ޖެހެނީ މުއައްސަސާތައް ގުޅިގެން ކަމަށް ވެސް ވިދާޅުވެފައެވެ.

ރިޟްވާންގެ މައްސަލައިގައި ފިޔަވަޅު އަޅަން ފަހަތަށް ނުޖެހޭނެ ކަމަށާއި، އެ މައްސަލަ ކުރިއަށް ގެންދަން ޤާނޫނަށް ބަދަލު ގެންނަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: