ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ރޯދަ ބާޒާރު ފެސްޓިވަލް“ ގެ ނަމުގައި ފެސްޓިވަލެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ރަމަޟާން މަހަށް ތައްޔާރުވުމަށްް ހުޅުމާލެެ ސެންޓްރަލް ޕާކު ސަރަޙައްދުގައި ”ރޯދަ ބާޒާރު ފެސްޓިވަލް“ ގެ ނަމުގައި ފެސްޓިވަލެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ މި ފެސްޓިވަލްގައި ސްޓޯލްތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން 18 ޖެނުއަރީ ވާ އާދިއްތަ ދުވަހުންް ފެށިގެން ފޯމު ހުށައެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށެވެ.

މިގޮތުން އެޗްޑީސީގެ ވެބްސައިޓްގައި ޝާއިރުކުރެވިފައިވާ އޮންލައިން ލިންކް މެދުވެރިކޮށް ފޯމު ހުށައަޅާ ފަރާތްތަކުގެ ތެރެއިން ، ”ފަސްޓް ކަމް ފަސްޓް ސާވް“ އުސޫލުން ޝަރުތު ހަމަވާ ފަރާތްތަކަށް، ސްޓޯލް ހިންގުމަށް ދޫކުރެވޭނެ ކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.
”ރޯދަ ބާޒާރު ފެސްޓިވަލް“ އިން ސްޓޯލް ނެގުމަށްއެދި ފޯމު ހުށައެޅުމަށް ހުޅުވާލަނީ 18 ޖެނުއަރީ ވާ އާދިއްތަ ދުވަހު މެންދުރު 12:00 އިން ފެށިގެން 20 ޖެނުއަރީ 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ނެ ނިޔަލަށް ކަމަށް އެކޯޕަރޭޝަނުން ބުނެއެވެ. 

ސްޓޯލްއަށް އެދި ފޯމު ހުށައެޅުމާއި ގުޅޭ އިތުރު މަޢުލޫމާތު އެ ކޯޕަރޭޝަންގެ ވެބްސައިޓްގައި ހިމެނިފައިވާނެކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.

”ރޯދަ ބާޒާރު ފެސްޓިވަލު“ ގައި ތަފާތު ދާއިރާތަކުން ޖުމްލަ 80 ސްޓޯލެއް ދޫކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މިއިން ކޮންމެ ސްޓޯލެއްގެ ބޮޑު މިނަކީ 10 ފޫޓު 10 ފޫޓެވެ.

ސްޓޯލްތަކުގެ ތަފްސީލް؛

  • މޭވާ، ތަރުކާރީ، ހިކި ކާނާ އަދި ކެއްކުމަށް ބޭނުން ކުރާ ތަކެތި: 20 ސްޓޯލް
  • ބަދިގޭގެ ސާމާނާއި ކައްކާ ސާމާނު: 24 ސްޓޯލް
  • ގޭތެރެ ޒީނަތްތެރި ކުރުމަށް ބޭނުންކުރާ ސާމާނު: 10 ސްޓޯލް
  • ފުޑް އެންޑް ބެވަރޭޖް: 10 ސްޓޯލް
  • ކްލޯތްސް އެންޑް ވެއަރަބަލްސް: 10 ސްޓޯލް
  • ހޯމް ކެއަރ އެންޑް ހާރޑްވެއަރ: 8 ސްޓޯލް
  • ފާރނީޗަރ އެންޑް އިލެކްޓްރިކަލް އެޕްލަޔަންސެސް: 6 ސްޓޯލް

 މި ސްޓޯލްތަކުގެ ކުލީގެ އަގު ކަނޑައަޅާފައިވަނީ 5000 ރުފިޔާއާ 8500 ރުފިޔާއާ ދެމެދުގައި ކަމަށް އެޗްޑީސީއިން ބުނެއެވެ. މިދިޔަ އަހަރުގެ ރަމަޟާން މަހާ ދިމާކޮށް ވެސް އެޗްޑީސީން ވަނީ ޚާއްސަ ބާޒާރެއް ކުރިއަށް ގެންގޮސްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: