ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންސީގެ ޕީޖީ ވަޓްސްއެޕް ގުރޫޕުން މަޖިލީހުގެ ނައިބު ރައީސް ނާޒިމް ބޭރުކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލަމެންޓްރީ ގުރޫޕްގެ ވަޓްސްއެޕް ގުރޫޕުން އެ ޕާޓީގެ އިސް މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް މިއަދު ބޭރުކޮށްލައިފިއެވެ.

މި ވަޓްސްއެޕް ގުރޫޕްގެ އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގައި އިންނަވަނީ ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

ނާޒިމް ޕީޖީ ގުރޫޕުން ބޭރުކޮށްލާފައި މިވަނީ ޕީއެންސީގެ އެތެރޭގައި ސިޔާސީ ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައެވެ. ވަކިން ހާއްސަކޮށް، ދާދިފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުތަކާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ޕީއެންސީއަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން އުޅޭކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.

މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން އޭނާ ދުރުކުރުމަށްޓަކައި މެންބަރުންގެ ސޮއި ހަމަކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮންނަ ޕީއެންސީގައި ކުރިން އެންމެ ނުފޫޒުގަދަ އެއް މެންބަރުގެ ގޮތުގައި ފާހަގަކުރެވުނު ނާޒިމަށް މިހާރު ވަނީ ޕާޓީގެ ތެރޭގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

އެގޮތުން މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީ ކަމަށްވާ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އާއި މާލިއްޔަތު ކޮމިޓީގައި ކުރިން އިންނެވި ނަމަވެސް، ދާދިފަހުން ވަނީ އެ ދެ ކޮމިޓީން އޭނާ ވަކިކޮށްފައެވެ. ނާޒިމް މިހާރު ބަދަލުކޮށްފައިވަނީ އެންވަޔަރަންމަންޓް ކޮމިޓީއަށެވެ.

މި މައްސަލައާ ގުޅޭގޮތުން މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމްގެ ބަހެއް ހޯދުމަށް ”ސަންގު“ އިން މަސައްކަތް ކުރި ނަމަވެސް ނާޒިމް ފޯނަށް ޖަވާބް ނުދެއްވާތީ އެނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. އަދި އޭނާ ޕީޖީ ގުރޫޕުން ބޭރުކޮށްލި މައްސަލައިގައި މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: