ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިގްމަން އެންޑް ކޯރ ކެފޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި ކެފޭގެ ކަށްކާ ފިހިއްޖެ

ބިގްމަން އެންޑް ކޯރ ކެފޭގައި އަލިފާން ރޯވެގެން އެމްއެންޑީއެފް އެފްއާރުއެސްއިން ހަރަކާތްތެރިވެއްޖެ
ޝެއާރކޮށްލާ ކަހަލަދޯ؟

ޗާންދަނީ މަގުގައި ހުންނަ ބިގްމަން އެންޑް ކޯރ  ކެފޭގައި އަލިފާނުގެ ހާދިސާއެއް ހިނަގއި ކެފޭގައި މަސައްކަތް ކުރާ ބިދޭސީ ކަށްކާއެއް ފިހިއްޖެއެވެ. 

މިއަދު ހެނދުނު 07:52 ހާއިރު މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެފްއާރުއެސްގެ ފަޔަރމަނުން ވަނީ ހަރަކާތްތެރިވެފައެވެ. މި ހާދިސާގައި އެ ކެފޭގައި އަލިފާން ރޯވެފައިވަނީ ބަދިގެތެރެއަށް ގޭސް ލީކުވެފައި ހުއްޓާ އުނދުން ރޯކުރުމުގެ ސަބަބުން ހިނގި ގޭސް އެކްސްޕްލޯޝަނެއްގައި ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. އަދި މި ހާދިސާ އެމްއެންޑީއެފް އެފްއާރުއެސް އާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.

ބިގްމަން އެންޑް ކޯރ ކެފޭގައި އަލިފާން ރޯވެގެން އެމްއެންޑީއެފް އެފްއާރުއެސްއިން ހަރަކާތްތެރިވެއްޖެ

ބިގްމަން އެންޑް ކޯރ  ކެފޭގައި ހިނގި މި ހާދިސާ އާ ގުޅިގެން އެ ކެފޭއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި އަލިފާނުގެ ހާދިސާގައި ފިހުނު ކެފޭގެ ކަށްކާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް ވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: