ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބުރޫނާއީން ދިވެހިރާއްޖެއަށް އިތުރު ސްކޮލަރޝިޕްތަކެއްދޭން ނިންމައިފި

ބުރޫނާއީގެ ރަސްގެފާނުގެ އަރިހުގައި ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު. ފޮޓޯ: ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ބުރޫނާއީން ދިވެހިރާއްޖެއަށް އިތުރު ސްކޮލަރޝިޕްތަކެއްދޭން ނިންމައިފއިފިއެވެ.

ބުރޫނާއީން މި ގޮތަށް ނިންމާފައިމިވަނީ، ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު، އެ ޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކުރިއަށްގެންދިޔަ ބައްދަލުވުންތަކުގައި، އެ މަނިކުފާނު އެ ކަމަށް އެދިވަޑައިގަތުމުންނެވެ.

މި ބައްދަލުވުމުގައި ޝާހިދުވަނީ، މިހާރު ވެސް ކޮންމެ އަހަރަކު ފަސް ސްކޮލަރޝިޕް، އެ ޤައުމުން ދެއްވާކަން ފާހަގަކުރައްވާ، ދިވެހިރާއްޖެއަށް ބުރޫނާއީން ދެއްވަމުންގެންދަވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ.

ފޮރިން މިނިސްޓްރީން ހާމަކުރައްވާ ގޮތުގައި، މިނިސްޓަރ ޝާހިދުވަނީ، ސްޕެޝަލް އެޑިއުކޭޝަންގެ ދާއިރާއިންނާއި، އިތުރު ދާއިރާތަކުން ސްކޮލަރޝިޕްގެ ފުރުޞަތުތައް ދިވެހިރާއްޖެއަށް ހޯދައިދިނުމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ގޮތުން، ބުރޫނާއީގެ ސަރުކާރުންވަނީ، މިނިސްޓަރ އެދިވަޑައިގެންނެވި ފަދައިން، ދިވެހިރާއްޖެއަށްދޭ ސްކޮލަރޝިޕްތައް އިތުރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މި ދަތުރުގައި ޝާހިދުވަނީ ބުރޫނާއީގެ ރަސްގެފާނާއި ބައްދަލުކުރައްވާފައެވެ. ޝާހިދު ވިދާޅުވި ގޮތުގައި، މިއީ ދިވެހިރާއްޖެއާއި ބުރޫނާއީގެ ގުޅުމުގެ އާ ބާބެއްގެ ފެށުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: