ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެތި އެތެރެކުރި ބިދޭސީން ބުނަނީ ރާއްޖެ އައީ ގުރުވަތުން ހޮވިގެން އޮޅުވާލުމެއްގެ ތެރެއިން ކަމަށް

ދަނޫޝްކާދަންއާއެކު ހައްޔަރުކުރި މީހުން --- ފޮޓޯ: ފުލުހުންގެ އިދާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލަތަކެއްގައި ހައްޔަރުކުރި ބިދޭސީންނަކީ ގުރުއަތަކުން ހޮވިގެން ރާއްޖެއަށް ފޮނުވި މީހުން ކަމަށާއި އެ މީހުން ގެނައި ތަކެއްޗަކީ ރާއްޖެއަށް ވިއްކާ މުދަލެއްގެ ސާމްޕަލް ކަމަށް ބުނެ އެ މީހުންނާ ހަވާލުކުރި ތަކެތި ކަމަށް، އެ މައްސަލައެއްގައި ހައްޔަރުކުރި މީހެއްގެ ވަކީލު ކޯޓުގައި ބުނެފިއެވެ.

މާޗު މަހު 3 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރި ތިން މީހެއްގެ އަތުން ހަ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފެނުނު މައްސަލައާ ގުޅިގެން ހައްޔަރުކޮއްފައިވަނީ އިންޑިއާގެ ދެ މީހެއް ކަމަށްވާ 19 އަހަރުގެ ދަނޫޝްކާނދަން ގޯޕާލް، 21 އަހަރުގެ ކަތިރިވިލް މަނިމަރަން، އަދި ގދ. ގައްދޫ، ހިތިލާގެ، އުމުރުން 28 އަހަރުގެ އަލީ އިރުފާނެވެ.

މި 3 މީހުން ހައްޔަރުކޮއްފައި ވަނީ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް، ވިއްކާ، ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައެވެ. އޭރު ދެ ބިދޭސީންގެ މައްޗަށް ފަސް ދުވަސް ޖެހިނަމަވެސް، އިރުފާން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

މި ހައްޔަރީންގެ ތެރެއިން، ދަނޫޝްކާނދަން ކޯޓުގައި ބުނީ އޭނާއަކީ ޔުނިވާސިޓީއެއްގައި ކިޔަވަމުންދާ ދަރިވަރެއް ކަމަށެވެ. އޭނާ 45 ދުވަހަށް ބަންދުކުރުމަށް މި މަހުގެ ހަ ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކުރި އަމުރުން އެނގޭ ގޮތުގައި، އޭނާގެ ވަކީލު ކޯޓުގައި ބުނެފައިވަނީ އޭނާއަކީ އޮޅުވާލުމެއްގެ ތެރެއިން ރާއްޖެއަށް ޑުރަގު އެތެރެކުރުމަށް ބަޔަކު ބޭނުންކުރި މީހެއް ކަމަށެވެ. އޭނާ ރާއްޖެ އައީ ގުރުއަތުން ހޮވިގެން ލިބުނު ފުރުސަތެއްގައި ކަމަށާއި، އޭނާއާ ތަކެތި ހަވާލުކުރީ ރާއްޖެއަށް ވިއްކަން ގެންނަ ސާމްޕަލްތަކެއްގެ ގޮތުގައި ކަމަށް ވަކީލު ބުނެފައިވެއެވެ.

ވަކީލު އިތުރަށް ބުނެފައިވަނީ އެ ބާވަތުގެ އިތުރު މައްސަލަތަކެއް ވެސް މި ފަހުން ފެންމަތިވެފައިވާ ކަމަށެވެ. އަދި މިއީ މައުސޫމު ކުދިންތަކަކަށް އޮޅުވާލައިގެން ރޭވިގެން ހިންގާ ކަމެއް ކަމަށް އޭނާ ބުންޏެވެ.

ފުލުހުންގެ އައިއޯ ކޯޓުގައި ބުނީ، މި މައްސަލައާ އެއްފަދަ އިތުރު ހަތަރު މައްސަލައެއް އެބަ އުޅޭ ކަމަށެވެ. ނަމަވެސް، އެފަދަ މައްސަލަތަކުގައި ހައްޔަރުކުރި މީހުންގެ ބައިވެރިވުން ތަފާތުކަމަށް ބުންޏެވެ. އަދި މި މައްސަލައިގައި ދަނޫޝްކާނދަންގެ ބައިވެރިން އޮތް ކަމަށް ބެލެވޭ ކަމަށެވެ.

ފަހުގެ ތާރީހުގައި އިންޑީޔާއިން މިފަދައިން ރާއްޖެއަށް ޑްރަގް އެތެރެކުރާ ބޮދޭސީން އިތުރުވުމާ ގުޅިގެން، އެ ގައުމުގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން އޭޕްރީލް މަހު ވަނީ ކަންބޮޑުވުން ފާޅުކޮށް އެކަމަށް ސަމާލުވާން އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: