ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭންކް ފަންޑަށް އެދި ހުށަހެޅުމުގެ މުއްދަތު އާދީއްތަ ދުވަހަށް ހަމަވަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް ފަންޑަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 14 ވަނަ ދުވަހު ހަމަވާނެކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާމަކޮށްފިއެވެ.

ބޭންކް ފަންޑަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބްތަކާއި ޖަމިއްޔާ ޖަމާއަތްތަކަށް ދެމެހެއްޓެނިވި އެކި މަޝްރޫއުތައް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ހިންގާ ގްރާންޓެކެވެ.

2024 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މި ގްރާންޓަށް ހުޅުވާލާއިރު، މި އަހަރު ބޭންކް ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މޭ މަހުގެ 13 ވަނަ ދުވަހުއެވެ.

ބޭންކް ފަންޑަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 14 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ. އަދި އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް bankfund@bml.com.mv އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެކަމަށްވެސް ބޭންކުން ވަނީ މައުލޫމާތުދީފައެވެ.

މި ފަންޑު ކާމިޔާބުކުރާ 5 ފަރާތަކަށް ތައުލީމު، ތިމާވެށި އަދި ކުޅިވަރުގެ ދާއިރާއިން އަދި މުޖުތަމައަށް ފައިދާހުރި ޕްރޮޖެކްޓްތައް ހިންގުމަށް 200،000 ރުފިޔާގެ ހިލޭ އެހީ ބޭންކުން ފޯރުކޮށްދެއެވެ.

”ބޭންކް ފަންޑު“ ހިނގާ ގޮތަކީ ކޮބައި؟

ހަތަރު ދާއިރާއަކުން، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ އައު އީޖާދީ ފަސް މަޝްރޫއަކަށް އެހީތެރިކަން ފޯރުކޮށްދެއެވެ. އެ ދާއިރާތަކަކީ:

  • ތައުލީމީ ދާއިރާ
  • މުޖުތަމައު ތަރައްގީކުރުން
  • ތިމާވެށި ހިމާޔަތްކުރުން
  • ކުޅިވަރު

މި ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ކޮންމެ އަހަރަކުވެސް ހުޅުވާލެވޭނެއެވެ. އަދި ހޮވޭ ކޮންމެ މަޝްރޫއަކަށް 200,000 (ދެލައްކަ) ދިވެހި ރުފިޔާގެ އެހީއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ބޭންކުން އިސްކަންދޭ ކަންކަމަށް ބަލާއިރު:

ބޭންކުން ބަލަނީ އިގްތިސާދީ ގޮތުން ދެމެހެއްޓެނިވި، އަދި އަމިއްލައަށް އާމްދަނީ ހޯދައިގެން ދިގު މުއްދަތަކަށް ކުރިއަށް ގެންދެވިދާނެ ފަދަ މުޖުތަމައަށް ފައިދާހުރި މަޝްރޫއުތަކަށެވެ. މީގެ އިތުރުން، މުޖުތަމައު ނުވަތަ ތިމާވެއްޓަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދޭ ފަދަ މަޝްރޫއުތަކަށް ހާއްސަ ސަމާލުކަމެއް ދެވޭނެއެވެ.

ހޮވޭ ހުރިހާ މަޝްރޫއުތަކަކީވެސް ޒިންމާދާރު އުސޫލުތަކާއި ހަރަކާތްތަކުގެ ތެރެއިން މުޖުތަމައުގެ ލާބައާއި މަންފާއަށް މަސައްކަތްކުރާ މަޝްރޫއުތަކަކަށް ވާންޖެހޭނެއެވެ. އަދި މަޝްރޫއުތައް ހިންގުމުގައި މުޖުތަމައާއި ތިމާވެއްޓަށް ޒިންމާދާރުވާންޖެހޭނެއެވެ. އެއީ މުޖުތަމައަށް ނުވަތަ ތިމާވެއްޓަށް އެއްވެސް ނޭދެވޭ އަސަރެއް ފޯރާނެ ކަންކަމަށް ވެގެންނުވާނެ ކަމަށް ބޭންކުން މައުލޫމާތުދެއެވެ.

ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު އޮތީ ކޮން ފަރާތްތަކަކަށް؟

މި މަޝްރޫއުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ:

  • ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ މަދަނީ ޖަމިއްޔާތަކަށް (NGOs)
  • ކްލަބް އަދި ޖަމްއިއްޔާތަކަށް

އަމިއްލަ ފަރުދުންނާއި، ސަރުކާރުގެ އިދާރާތަކާއި، ވިޔަފާރި ކުންފުނިތަކުގެ އިތުރުން ދައުލަތުގެ ބަޖެޓުން ހަރަދުކުރާ އެހެނިހެން މުއައްސަސާތަކަށް މި މަޝްރޫއުގައި ބައިވެރިވުމުގެ ފުރުސަތެއް ހުޅުވާލެވިފައެއް ނުވެއެވެ.

މީގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުންނާއި، އެ މުވައްޒަފުންގެ ގާތް އާއިލީ މެންބަރުންނަށްވެސް މި ފުރުސަތުގައި ބައިވެރިއެއް ނުވެވޭނެކަމަށްވެސް ބޭންކުން މައުލޫމާތުދެއެވެ. ޕްރޮޕޯޒަލް ހުށަހަޅާ ފަރާތަކީ ބޭންކް އޮފް މޯލްޑިވްސްގައި ބޭންކް އެކައުންޓެއް އޮތް ފަރާތަކަށް ވާންޖެހޭނެއެވެ. ނުވަތަ މަޝްރޫއު ހަވާލުކުރުމުގެ ކުރިން ބޭންކް އެކައުންޓެއް ހުޅުވުމަށް އެދި ހުށަހަޅާފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ. އަދި ސަރުކާރުގެ އެހީއާއެކު ހިންގާ ކްލަބް ނުވަތަ ޖަމްއިއްޔާތަކަށް މި މަޝްރޫއުގައި ބައިވެރިވުމުގެ ޝަރުތު ހަމައެއް ނުވާކަން ބޭންކުން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: