ދުނިޔޭގައި މިހާރު ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއަށް ޕްޒޮޓިވްވެފައިވާ ފަރާތްތަކެއް ރާއްޖެއިން ވެސް ފެނެފައިވާތީ ރާއްޖެއަސް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދުނިޔޭގެ ފެންވަރުގެ މެޑިކަލް އެމަޖެންސީ ރެސްޕޮންޑް އެންޑް ކޯޑިނޭޝަން ޓީމެއް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ފަތުރުވެރިކަމުގެ ޞިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އެހީތެރިކަމާއި އެކު ގެނައި މި ޓީމުގައި ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕަށް އެހީތެރިވެދޭނެ ތަޖުރިބާކާރު ދެ ޑޮކްޓަރުންނާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް މި ބައްޔާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ވިލަރެސްކޮށްދިނުމުގައި އެހީތެރިވެދިނުމަށް މި ފަދަ އޮޕަރޭޝަންތަކުގެ ތަޖުރިބާ ލިބިފައިވާ ކޯރޑިނޭޓަރަކު ހިމެނޭ ކަމަށެވެ.
މީގެ އިތުރުން ކ. ވެލިވަރުގައި ގާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީ އާއި އއ. ވެލިދޫގައި ގާއިމްކުރަމުންދާ ކަރަންޓީނު ފެސިލިޓީގައި ހަރަކާތްތެރިވާނެ ދެ ނަރުހުންނާއި އަދި ބަލި ދެނެގަނެވޭނެ ހާލަތުގައި އެފަދަ ތަންތަނަށް ފަސްޓް ރެސްޕޮންސްގެ ގޮތުގައި ދަތުރުކުރާނެ އެމަޖެންސީ މެޑިކަލް ޓެކްނީޝަނެއް މި ޓީމުގައި ހިމެނޭ ކަމަށްވެސް ބަޔާނުގައިވެ އެވެ. މެޑިކަލް އެމަޖެންސީ ރެސްޕޮންޑް ޓީމުގައި ހިމެނެނީ އެމެރިކާ ސައުތު އެފްރިކާ އަދި އިނގިރޭސި ވިލާތުގެ ތަޖްރިބާ ކާރުންނެވެ.
ރާއްޖެ ގެނައި މިޓީމުގައި ހިމެނެނީ އެމެރިކާ، ސައުތު އެފްރިކާ އަދި އިނގިރޭސިލާތުގެ ތަޖުރިބާކާރުންނެވެ.
ކޮވިޑް-19 އަށް ރައްކާތެރިވުމުގެ ގޮތުން މިހާތަނަށް ޓޫރިޒަމް މިނިސްޓްރީ އާއި ޓޫރިޒަމް އިންޑަސްޓްރީ އާއި ގުޅިގެން ވިލިވަރުގައި 30 ކޮޓަރީގެ އައިސޮލޭޝަން ފެސިލިޓީއެއް ޤާއިމްކޮށް، ރާއްޖޭގެ އެއަރޕޯޓުތަކުގައި ތާމަލް ކެމެރާ ހަރުކޮށްފައި ވެއެވެ.

