ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނެޓްބޯޅަ ކުރިއެރުވުމަށް ބީއެމްއެލް އާއި ނެޓްބޯލް އެސޯސިއޭޝަންއާ ދެމެދު ތިން އަހަރުގެ ޕާޓްނާޝިޕެއް

ފޮޓޯ ބީއެމްއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ނެޓްބޯޅަ ކުރިއަރުވައި، އެ ކުޅިވަރުގެ ފެންވަރު މަތިކުރުމަށް ޓަކައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން، ނެޓްބޯލް އެސޯސިއޭޝަނުން ކޮންމެ އަހަރަކު ބާއްވާ އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތް ދެން ބޭއްވޭނީ ”ބީއެމްއެލް ރާއްޖެ ޖޫނިއަރ ނެޓްބޯލް ޗެމްޕިއަންޝިޕް“ގެ ނަމުގައެވެ. މީގެ އިތުރުން، ޖޫނިއަރ ޗެމްޕިއަންޝިޕް މުބާރާތަށް ވެސް ބޭންކުން ސްޕޮންސަޝިޕް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތްތަކަކީ ޒުވާން ކުޅުންތެރިންގެ މެދުގައި ނެޓްބޯޅަ ކުރިއަރުވައި، އުފެދިގެން އަންނަ ހުނަރުވެރި ކުޅުންތެރިން ދެނެގަނެ، އެ ކުޅުންތެރިން ތަމްރީނުކުރުމަށް މަގުފަހިކުރުމުގެ މަގުސަދުގައި ބާއްވާ މުބާރާތްތަކެކެވެ.

މި ޕާޓްނަޝިޕަކީ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކާއި، ކުޅިވަރުގެ ގައުމީ އިދާރާތަކާ ގުޅިގެން ރާއްޖޭގެ ކުޅިވަރު ދާއިރާ ތަރައްގީކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ބީއެމްއެލްއިން މިހާރުވެސް ދަނީ ރާއްޖޭގެ ގިނަ ކުޅިވަރު އެސޯސިއޭޝަންތަކަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި ފުޓްބޯޅަ އެސޯސިއޭޝަން، ބާސްކެޓްބޯޅަ އެސޯސިއޭޝަން، އެކުއަޓިކްސް އެސޯސިއޭޝަން، ސާފިންގ އެސޯސިއޭޝަން، ޓެނިސް އެސޯސިއޭޝަން އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ހިމެނެއެވެ.

ބޭންކުން ހާމަކުރި ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ޒުވާން ކުޅުންތެރިންނަށް ކުޅިވަރުގެ ދާއިރާއިން އިތުރު ފުރުސަތުތައް ފަހިވެ، ގައުމީ ފެންވަރުގައި ކުޅިވަރު ކުރިއެރުވުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: