ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިރާއްޖެއިން ދެލައްކަ ޑޮލަރު ހަދިޔާކުރަނީ

ސާކު ޤައުމުތަކުގެ މެދުގައި ބޭއްވުނު ވީޑިއޯ ޓެލެކޮންފަރެންސްގެ ތެރެއިން، ރައީސިލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް. ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އެމަޖެންސީ ރިލީފް ފަންޑަށް ރާއްޖެއިން ދެ ލައްކަ ޑޮލަރު ހަދިޔާކުރަން ނިންމައިފިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަވަށްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އިސްނެންގެވުމާއެކު އުފެއްދި ކޮވިޑް-19 އެމަޖެންސީ ރިލީފް ފަންޑަށް ދިވެހިރާއްޖެއިން މަރުހަބާ ކިޔާކަމަށެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ، އެ ފަންޑަށް ދެ ލައްކަ ޑޮލަރު ހަދިޔާ ކުރަން ސަރުކާރުން ނިންމާފައިވާކަމަށެވެ.

https://twitter.com/abdulla_shahid/status/1241072918747996160?s=20

ކޮވިޑް-19 އެމަޖެންސީ ރިލީފް ފަންޑަށް އިންޑިއެާއިން 10 މިލިއަން ޑޮލަރު ޖަމާކުރާނެކަމަށާއި، އެހެނިހެން ޤައުމުތަކުން ވެސް، އެ ފަންޑަށް ފައިސާ ޖަމާކުުރުމަށް އެދިވަޑައިގަންނަވާކަމަށް މޯދީވަނީ ވިދާޅުވެފައެވެ. މި ރިލީފް ފަންޑް އުފައްދަން މޯދީ ހުށަހަޅުއްވާފައިވަނީ، މި މަހުގެ 15 ވަނަ ދުވަހު ސާކު ޤައުމުތަކުގެ މެދުގައި ބޭއްވުނު ޓެލެކޮންފަރެންސްގައި ވާހަކަދައްކަވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: