ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯހިޔާވަހިކަމަށް އެދި ހުށަހަޅާފައިވާ ފޯމުތަކުގެ ކްރޮސް ވެރިފިކޭޝަން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ހުޅުވާލި ފުރުސަތުގައި ހުށަހެޅި ފޯމުތަކުގެ ކްރޮސް ވެރިފިކޭޝަންގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ފަށައިފިއެވެ.

”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ޕްލެޓަށް އެދި ހުޅުވާލި ފުރުސަތުގައި 58،505 ފޯމު ވަނީ ހުށައަޅާފައެވެ. އޭގެ ތެރެއުން ފުލެޓަށް އެދި 35،930 ފޯމު ހުށައަޅާފައިވާއިރު ގޯއްޗަށް އެދި ހުށައަޅާފައިވަނީ 22،575 ފޯމެވެ. މިއީ މި ސަރުކާރުން ބޯހިޔާވަހިކަމަށް ހުޅުވާލި 2 ވަނަ ފަހަރަށް ވާއިރު، އެންމެ ގިނަ ފޯމު ވެސް ހުށަހަޅާފައި ވަނީ މިފަހަރުއެވެ.

ކްރޮސް ވެރިފިކޭޝަންގެ މުއްދަތު މިހާރު ފެށިފައިވާއިރު، މި މުއްދަތުގައި ފޯމު ހުށައެޅި ފަރާތްތަކުގެ ޝަރުތުތައް ހަމަވޭތޯ ބަލާނެއެވެ. އެކަންކަން ކުރާނީ ސަރުކާރުގެ އެކި އިދާރާތަކުގައި ހުރި މައުލޫމާތަށް ބަލައިގެންނެވެ.

ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން 7900 ފްލެޓާއި 15000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި މާލޭގެ ރަށްވެހިންނަށް ޚާއްސަ 4000 ފްލެޓާއި މާލޭގައި ދިރިއުޅޭ ނަމަވެސް ރަށްވެހިވެފައި ނުވާ ފަރާތްތަކަށް 1500 ފްލެޓާއި ޚާއްސަ ކެޓަގަރީތަކަށް 2400 ފްލެޓް ހިމެނެއެވެ.

މީގެ އިތުރުން ރަސްމާލެއިން 25000 ގޯތި ދޫކުރަން ނިންމާފައިވާއިރު ފުރަތަމަ ބުރުގައި އެ ތަނުން 15000 ގޯތި ދޫކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މި ފަހަރު ގޯއްޗާއި ފްލެޓަށް ލުމަށް ބޭނުންކުރި ބޯހިޔާވަހިކަން ޕޯޓަލު ފަރުމާކޮށްފައި ވަނީ، ފޯމު ހުށަހަޅަމުންދާއިރު އެ މީހަކީ ޝަރުތުހަމަވާ މީހެއްކަން އެނގޭނެ ގޮތަށެވެ. އަދި ފޯމު ސަބްމިޓް ކުރުމުން އެ މީހަކަށް އެކި ބައިބަޔަށް ލިބުނު ޕޮއިންޓުގެ ތަފްސީލު ވެސް ޕޯޓަލުން އެނގެއެވެ.

ކުރީގައި ހިންގާފައިވާ ހައުސިންގ މަޝްރޫއުތަކާއި ހިލާފަށް މިފަހަރު ހައުސިންއަށް ސަރުކާރުން ވަނީ ދުރާލާ ހުޅުވާލާފައެވެ. އަދި މިއަހަރުގެ ތެރޭގައި ހައުސިންގެ ގިނަ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށުމުން ކުރިއަށް އޮތް 2 އަހަރެއްހާ ދުވަހުގެ ތެރޭގައި މިމަސައްކަތް ނިމިގެންދާއިރު އާންމުންނަށް ވަގުތުން އެތަންތަނަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: