ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާންދަނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ސަރަހައްދު ވަގުތީ ގޮތުން ދެކޮޅަށް ދުއްވޭ ގޮތަށް ބަދަލުކޮށްފި

ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޗާންދަނީމަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ސަރަހައްދު ވަގުތީ ގޮތުން ދެކޮޅަށް ދުއްވޭ ގޮތަށް ބަދަލުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި ޗާންދަނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ސަރަހައްދު ވަގުތީ ގޮތުން ދެކޮޅަށް ދުއްވޭ ގޮތަށް ބަދަލުކޮށްފައިވަނީ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ބަންދުކުރުމުން ތޮއްޖެހުން ބޮޑުވެ އާންމުންނަށް އުނދަގޫވާތީ އެ ޝަކުވާ ލިބެމުންދާތީއެވެ.

މިކަމާއި ގުޅިގެން ސަންގުން ސުވާލުކުރުމުން މާޅެ ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ސަރަހައްދު ދެކޮޅަށް ދުއްވޭ ގޮތަށް ބަދަލުކުރީ އެ ސަރަހައްދުގައި ތޮއްޖެހުން ބޮޑުވެ އާންމުންނަށް އުނދަގޫވާތީ ޓްރެފިކް ޕޮލިހުންގެ ފަރާތުން އެދުމުން ކަމަށާއި އެކަން ބަދަލުކުރާނީ ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫއު ނިމުމުން ކަމަށެވެ.

ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 700 މީޓަރުގެ ސަރަހައްދެއްގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. އެމްޓީސީސީން ބުނެފައިވަނީ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ސެގްމެންޓް 1، 2 އަދި 3 އެކީގައި ތާރުއެޅުމަށް ނިންމާފައިވާ ކަމަށާއި، އަމާޒަކީ ޖުލައި މަހުގެ 26ގެ ކުރިން އެ މަގު ހުޅުވާލުން ކަމަށެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ސަބަބުން މާލޭގެ އުތުރު ފަރާތުގެ ބަނދަރު ސަރަހައްދަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. އައު ފަރުމާގެ ދަށުން މަގު ހަ މީޓަރަށް ފުޅާކުރެވި، ޓްރެފިކް ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، ބަނދަރުގެ ތެރެއިން ބައެއް ހިއްކައިގެން 500 ސައިކަލުގެ ޖާގައިގެ ބޮޑު ޕާކިންގ ޒޯނެއް ތަރައްގީކުރުމަށް ވެސް ވަނީ ނިންމާފައެވެ.

މަގު ތަރައްގީކުރުމުގެ އިތުރުން، އެ ސަރަހައްދު ފެހިކޮށް ހިތްގައިމު ކުރުމަށް ޓަކައި ހާއްސަ މަސައްކަތްތަކެއް ކުރެއްވުމަށް ރައީސް ޑރ. މުއިއްޒު ވަނީ ނިންމަވާފައެވެ. އެގޮތުން ބޭރުމަގުގައި ”ގްރީން ބެލެޓެއް“ ތަރައްގީ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: