ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާޒަކަށް ވެފައި އޮތީ އައްޑޫގައި ކޮންވެންޝަން ޓޫރިޒަމް ތައާރަފްކޮށް ފައްކާކުރުން: ނަޝީދު

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމަނިކުފާނުގެ އަމާޒަކަށް ވެފައި އޮތީ އައްޑޫ ސިޓީގައި ކޮންވެންޝަން ޓޫރިޒަމް ތައާރަފްކޮށް، އެ ސިޓީއަކީ އެފަދަ ހަރަކާތްތަކަށް ފައްކާވެފައިވާ ތަނަކަށް ހެދުންކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އައްޑޫ ސިޓީއާ މެދު އަބަދުވެސް ގެންގުޅުއްވި ތަސައްވުރަކީ އައްޑޫ ކޮންވެންޝަން ސެންޓަރާއެކު، އެތަނާ އިންވެގެން ހޮޓަލެއް ތަރައްގީކުރުމަށް ޓެންޑަރަށް ހުޅުވާލައި، ކޮންވެންޝަން ޓޫރިޒަމަށް އައްޑޫ ފައްކާކުރުމެވެ. އަދި މީގެ ސަބަބުން އެކަށީގެންވާ ފައިދާތަކެއް ނެރެވޭނެކަމަށް އެމަނިކުފާނު ގަބޫލުފުޅުކުރައްވާކަމަށް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި 2011 ވަނަ އަހަރު އައްޑޫ ސިޓީގައި ސާކް ސަމިޓަށް ބިނާކުރި ކޮންވެންޝަން ސެންޓަރަކީ ދެމެހެއްޓެނިވި ވިސްނުމެއް ނެތި، ވަގުތީ ބޭނުމަކަށް މާލިއްޔަތުން ބޮޑު ހޭދައެއް ކޮށްގެން ބިނާކުރި ”ބޭކާރު“ ތަނެއްގެ ގޮތުގައި ދާދި ފަހުން ސަރުކާރުގެ އިސް ތަރުޖަމާނު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު އައްޑޫ ސިޓީގައި ބޭއްވި 17 ވަނަ ސާކް ސަމިޓަށް ޚާއްސަކޮށްގެން ބިނާކުރި އިކުއޭޓޯރިއަލް ކޮންވެންޝަން ސެންޓަރަކީ އޭރު ދެކުނު އޭޝިއާ ސަރަހައްދުގައިވެސް ފާހަގަކޮށްލެވޭ ފަދަ ޒަމާނީ ވަސީލަތްތަކާއެކު ބިނާކުރި ތަނެކެވެ. ނަމަވެސް ފަހުން އެ ތަން ވަނީ އައްޑޫ އިކުއޭޓޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

އައްޑޫގެ އިގްތިސާދު ކުރިއެރުވުމަށް ޓަކައި ފަތުރުވެރިކަމުގެ ތަފާތު މޮޑެލްތައް ތައާރަފްކުރުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވަމުން، ނަޝީދު އިތުރަށް ވިދާޅުވީ ކޮންވެންޝަން ޓޫރިޒަމްގެ ސަބަބުން އައްޑޫގެ ވިޔަފާރިތަކަށާއި ވަޒީފާގެ ބާޒާރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: