ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

13 ރަށެއްގައި 2،100 ހައުސިން ޔުނިޓް ތަރައްގީކުރަން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި

ނައިފަރުގައި ގާއިމްކޮށް ނިންމާފައިވާ ހައުސިން ޔުނިޓުތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ 13 ރަށެއްގައި ޖުމްލަ 2100 ހައުސިން ޔުނިޓު އެޅުމަށް ޕްރޮޕޯސަލް ހުށަހަޅަން މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓްއިން ހުޅުވާލައިފިއެވެ.

ހައުސިން މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި އެ މަޝްރޫއުއަކީ ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕް މޮޑެލްގެ ދަށުން އަތްފޯރާ ފަށުގައި ގެދޮރު ފޯރުކޮށްދީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ހިންގާ މަޝްރޫއެކެވެ. އެ މަޝްރޫއަށް ބިން ހަވާލުކުރާތާ ދެ އަހަރުގެ ތެރޭގައި މަސައްކަތް ނިންމައި ހަވާލުކުރަންޖެހޭނެއެވެ.

އެ މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވާ 13 ރަށަކީ ހއ. ހޯރަފުށި، ރ. އުނގޫފާރު، ބ. ތުޅާދޫ، ޅ. ނައިފަރު، މ. މުލި، ދ. މީދޫ، ލ. ގަން، ތިނަދޫ ސިޓީ، ފުވައްމުލަށް ސިޓީ، އައްޑޫ ސިޓީ ހިތަދޫ، ފޭދޫ، މަރަދޫ-ފޭދޫ އަދި މަރަދޫއެވެ.

އެ މަޝްރޫއުގެ ދަށުން ތަރައްގީކުރާނީ ތިން ކޮޓަރީގެ އެޕާޓްމެންޓުތަކެވެ. ފުރަތަމަ ފްލޯ އާއި ގްރައުންޑް ފްލޯ ބޭނުންކުރަނީ ވިޔަފާރިތަކަށާއި އިމާރާތުގައި ދިރިއުޅޭ ފަރާތްތަކުގެ އެހެން ބޭނުންތަކަށާއި ޕާކިންއަށެވެ.

ކޮންޓްރެކްޓާ ފައިނޭންސްޑް ބިލްޑް އެންޑް ސެލް މޮޑެލްގެ ދަށުން، އަތްފޯރާ ފަށުގައި ހައުސިން ޔުނިޓުތަކުގެ 60 އިންސައްތަ ވިއްކަން ޖެހޭއިރު، އެންމެ ބޮޑުވެގެން ވެސް އަގަކަށް ނެގޭނީ 1.5 މިލިއަން ރުފިޔާއެވެ. ނަމަވެސް، މާކެޓު ރޭޓުގައި ބާކީ 40 އިންސައްތަ ޔުނިޓައް ވިއްކޭނެއެވެ.

މި މަޝްރޫއުއަށް ޕްރޮޕޯސަލް ހުށަހެޅޭނީ 100 ޕަސެންޓު ދިވެހީންގެ ހިއްސާ އޮންނަ ކުންފުނިތަކަށެވެ. މަޝްރޫއުގެ ދަށުން އަޅާ ހައުސިން ޔުނިޓުތައް ޑިޒައިންކޮށް، އިމާރާތްކުރަން ޖެހޭނީ ވެސް ކުންފުނިންނެވެ. ވަކިވަކިން އަދި ބޭންކުތަކާއި އިންވެސްޓްމެންޓް ކުންފުނިތައް ފަދަ މާލީ އިދާރާތަކާއެކު ޕާޓްނާޝިޕް ހަދައިގެން ވެސް ޕްރޮޕޯސަލް ހުށަހެޅިދާނެ ކަމަށް އިއުލާނުގައިވެއެވެ.

މިނިސްޓްރީން ބުނި ގޮތުގައި އެ މަޝްރޫއުގެ ޓާމްސް އޮފް ރިފަރެންސް ނުވަތަ ޓީއޯއާރް، މިނިސްޓްރީގެ ރަސްމީ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އެ ޓީއޯއާރްގައިވާ ޝަރުތުތަކާ އެއްގޮތަށް ހުށަހަޅާ ޕްރޮޕޯޒަލްތައް ބެލުމުގައި، ދިމާވެދާނެ މައްސަލަތައް ހައްލުކުރެވޭ ފަދަ ޑިޒައިންތަކަށާއި، އިމާރާތްކުރުމުގައި ދެމެހެއްޓެނިވި ގޮތްތައް ބޭނުންކުރުމާއި، އެންމެ ރަނގަޅަށް ބިން ބޭނުންކުރެވޭނެ ގޮތްތަކަށާއި، ދިގު މުއްދަތަކަށް އިމާރާތްތައް ބޭނުންކުރެވޭނެކަން ކަށަވަރުކުރުމަށް އިސްކަން ދޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޕްރޮޕޯސަލް ފުރިހަމަކުރުމަށް ފަހު އޮގަސްޓް 17 ވަނަ ދުވަހުގެ 13:00ގެ ކުރިން proposal@infrastructure.gov.mv އަށް އީމެއިލްކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ، 4 އޮގަސްޓް 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން އެ އީމެއިލް މެދުވެރިކޮށް މައުލޫމާތު ހޯދުމަށް ވެސް ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: