ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭ ގެސްޓްހައުސްއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ހުޅުމާލެ.
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭ ގެސްޓްހައުސްއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭ ފޭސް 1 ގައި ހުންނަ ގެސްޓްހައުސްއެއްގެ ތިން ވަނަ ފްލޯގައި ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން މިއަދު މެންދުރުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި މަރުވެފައި އޮއްވާ ފެނުނީ، މ. ސްޓާރ، މުހައްމަދު ރަޒީން (50އ) އެވެ.

އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ ފުލުހުންނަށް މައުލޫމާތު ދީފައެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: