ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯވިޑަށް ފަރުވާދިނުމަށް ބޭނުންވާ މެޑިކަލް ސަޕްލައިސް ރާއްޖެ ގެނެސްފި

ދުބާއީން މެޑިކަލް ސަޕްލައިސް ބަރުކޮށްގެން އައި މޯލްޑިވިއަންގެ ފްލައިޓް. ފޮޓޯ: މޯލްޑިވިއަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯވިޑް-19 އަށް ފަރުވާދިނުމަށް ބޭނުންވާނެ މެޑިކަލް ސަޕްލައިސް ރާއްޖެ ގެނެސްފިއެވެ.

ދުބާއީންގެނައި މި ތަކެތި ރާއްޖެއަށް ގެނެސްފައިވަނީ، ހުކުރުދުވަހުގެ ރޭގައެވެ.

މި ގޮތުން، 5000 ކިލޯގެ ސާމާނު ގެނެސްފައިވާ ކަމަށާއި، އޭގެތެރޭގައި ހިމެނެނީ، ކޯވިޑް-19 އަށް ފަރުވާދޭނެ މެޑިކަލް ސަޕްލައިކަމަށް މޯލްޑިވިއަނުން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން، ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބާވަތްތައް ގެނައުމަށްޓަކައި، މޯލްޑިވިއަނުން މީގެކުރިން އައީ ކާގޯ ފްލައިޓްތައް ޝެޑިއުލްކުރަމުންނެވެ.

ހަމައެއާއެކު ރާއްޖެއިން ބޭރުގައި ތިބި ދިވެހިންގެތެރެއިން، ރާއްޖެ އަންނަން ބޭނުންވާ މީހުން ގެނައުމަށްޓަކައި ވެސް މޯލްޑިވިއަނުން ވަނީ ފްލައިޓުތަކެއް ޝެޑިއުލްކޮށްފައެވެ.

ނަމަވެސް ކޯވިޑް-19 ފެތުރެމުން އަންނާތީ މާލެ ލޮކްޑައުންކުރުމާއި ގުޅިގެން، މިހާރު މި ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: