ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަގުމަތިވެފައިވާ 80 ފަރާތަކަށް ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދީފި

ޖެންޑަރ މިނިސްޓަރ ޢައިޝަތު މުހައްމަދު ދީދީ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ހަލުވިކަމާއިއެކު ކޮރޯނާ ވައިރަސް ފެތުރެމުންދާއިރު މަގުމަތިވެފައިވާ 80 ފަރާތަކަށް ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ. 

ޖެންޑަރ މިނިސްޓަރ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ  މާލޭގައި މަގުމަތިވެފައިވާ 80 އަށް ވުރެ ގިނަ ފަރާތް މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން ޖެންޑަރ މިނިސްޓްރީއާ ޙަވާލުކުރުމާ ގުޅިގެން މި މަހުގެ 15ވަނަ ދުވަހުން ފެށިގެން އެ ފަރާތްތަކަށް ކެއިންބުއިމާއި ވަގުތީ ބޯހިޔާވަހިކަން ސަރުކާރުން ފޯރުކޮށްދެމުންދާ ކަމަށެވެ. 

https://twitter.com/aishamdidi/status/1252534139783270400

މީގެ އިތުރުން މާލެ ލޮކްޑައުން ކުރިއިރު އެކި ބޭނުންތަކަށް މާލެ އައިސް ހާލުގައި ޖެހިފައި ތިބި ފަރާތްތަކުގެ ތެރެއިން މިނިސްޓްރީއަށް ރިޕޯޓް ކޮށްފައިވާ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ވެސް ހަމަޖައްސާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: