ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުދަލު ޒަކާތް ދައްކަން ވާޖިބުވާ ނިޞާބުގެ މިންވަރު ދަށްކޮށްފި

ފޮޓޯ: ޒަކާތު ހައުސް
ޝެއާރކޮށްލާ ކަހަލަދޯ؟

މުދަލު ޒަކާތް ދައްކަން ވާޖިބުވާ ނިޞާބުގެ މިންވަރު މޯލްޑިވްސް ޒަކާތު ހައުސްއިން ދަށްކޮށްފިއެވެ.

މިދިޔަ އޭޕްރިލް 21 ވަނަ ދުވަހު ޒަކާތު ހައުސްއިން ކަނޑައަޅައި އާންމުކުރި ނިސާބުގެ މިންވަރަކީ 21،836.50 ރ.އެވެ. އެހެންނަމަވެސް، އިއްޔެ އާންމުކުރި މުދަލު ޒަކާތް ވާޖިބުވާ ނިސްބަތަކީ 19،266.10 ރުފިޔާ އެވެ. އެހެންކަމުން، މިއީ ކުރިއާ އަޅާބަލާއިރު ގާތްގަނޑަކަށް 2570 ރުފިޔާ މަދު އަދަކެކެވެ.

އެ މީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ މިންވަރަށް ފައިސާ ހުރިނަމަ، އެ ފައިސާ ހުންނަތާ ހިޖުރީ ގޮތުން އެއް އަހަރުވުމުން، މުދަލު ޒަކާތް ދައްކަންޖެހެނީ އޭގެ ސާޅީސްބައިކުޅަ އެއްބައިންނެވެ.

ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ޖޫން މަހާ ހަމައަށް މުދަލު ޒަކާތުގެ ގޮތުގައި 79.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުަގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނީ 61.6 މިލިއަން ރުފިޔާއެވެ.

ޒަކާތު ހައުސް އަކީ، ރާއްޖޭގައި ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، ޒަކާތް ނެގުމާއި ޒަކާތް ހައްގުވާ ފަރާތްތަކަށް އެ ފައިސާ ފޯރުކޮށްދިނުމުގެ މަސައްކަތް އިތުރަށް ހުޅުވާލައިގެން ހިންގުމަށް ޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ހިންގަމުންދާ ހާއްސަ އިދާރާއެކެވެ.

އެ އިދާރާގެ މުހިންމު ބައެއް މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ މުދަލު މާލީ ޒަކާތާއި ފިޠުރު ޒަކާތް ބަލައިގަނެ، އޭގެ ޙައްޤުވެރިންނަށް އިންޞާފުވެރިކަމާއެކު ފޯރުކޮށްދިނުމާއި ޒަކާތު ފަންޑު އިތުރަށް ފުޅާކޮށް، އިޞްލާޙީ އަދި އިޖުތިމާޢީ ކަންކަމަށް އެ ފަންޑުން އެހީތެރިކަން ފޯރުކޮށްދިނުމާއި، ޒަކާތާ ބެހޭ ގޮތުން އާންމުން ހޭލުންތެރިކުރުވައި، ޒަކާތް ދެއްކުމުގެ މުހިންމުކަން އަންގައިދިނުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: