ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިކުރީ ހަނގުރާމައިގެ އަމާޒަކީ އިންސާނާގެ ސިކުނޑި އަޅުވެތިކުރުން: އުސްތާޛް އަބޫ ތައިމިއްޔާ

އުސްތާޛް އަބޫ ތައިމިއްޔާ / ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މި ޒަމާނުގެ ފިކުރީ ހަނގުރާމައަކީ އިންސާނާގެ ސިކުނޑިއަށް އަމާޒުކޮށްގެން ދެވޭ ހަމަލާތަކެއް ކަމަށާއި އޭގެ މަގުސަދަކީ އިންސާނާގެ ފިކުރު އަޅުވެތިކުރުން ކަމަށް އުސްތާޛް އަބޫ ތައިމިއްޔާ ވިދާޅުވެއްޖެއެވެ.

އަބޫ ތައިމިއްޔާ ވިދާޅުވީ ”އަލް-ޣަޒުލް ފިކްރީ“ ނުވަތަ ފިކުރީ ހަނގުރާމައިގެ ނުރައްކާ މިހާރު އޮތީ އަޅުގަނޑުމެންގެ ގޭތެރެއަށް ވަދެފައި ކަމަށެވެ. ވަކިން ހާއްސަކޮށް، ޑިޖިޓަލް ޕްލެޓްފޯމްތަކާއި ބައެއް އެޕްލިކޭޝަންތަކުގެ ސަބަބުން، ހަމައެކަނި ފޯނު ހާވާލުމުގެ ތެރެއިން ވެސް ގެއްލުންދެނިވި އަދި ނުބައި މަންޒަރުތަކަށް މީހުން ހުށަހެޅޭ މިންވަރު އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

”އަޅުގަނޑުމެންގެ ފިކުރުތަކަށް ވަނީ އަމާޒުކޮށްފައި. އެއަށް އަރައިގަނެ، އެންމެ ފަހުން އެވަނީ ސިކުނޑިތައް އަޅުވެތިކޮށްފައި،“ އުސްތާޛް އަބޫ ތައިމިއްޔާ

ދެވިހިފުމަކީ ހަމައެކަނި ފަގީރު ނުވަތަ ދަށް ހާލަތްތަކުގައި އުޅޭ މީހުންނަށް ދިމާވާ ކަމެއް ނޫން ކަމަށާއި، މުއްސަނދި އަދި މަތީ ފަންތީގެ ވަޒީފާތަކުގައި އުޅޭ މީހުން ވެސް މިފަދަ ވަބާތަކުގައި ޖެހެމުންދާ ކަމަށް އުސްތާޛް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މާއްދީ މުއްސަނދިކަމަކީ ނަފްސާނީ އަދި ރޫހާނީ ބަލިމަޑުކަމުން ސަލާމަތްކޮށްދޭނެ ކަމެއް ނޫނެވެ.

މިކަމަށް އޮތް ހަމައެކަނި ހައްލަކީ ﷲގެ ސިފަފުޅުތައް ދެނެގަނެ، އެކަލާނގެ އަޅަމެން ބައްލަވާވޮޑިގެންވާކަމުގެ އިހުސާސް އަބަދުމެ ހިތުގައި ބޭއްވުން ކަމަށް އޭނާ ނަސޭހަތްތެރިވެލެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: