ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެކުނުގެ ރަށެއްގައި އަންހެން ދަރިފުޅަށް ޖިންސީ ގޯނާކުރި ބައްޕައަކު ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދެކުނުގެ ރަށެއްގައި އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި މިއަދު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އަޕަރ ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމާއި ޖިސްމާނީ އަނިޔާ އަދި ނަފްސާނީ އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިދިޔަ ހޯމަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފިޔަވަޅެއް ނާޅާތީ އެ ރަށުގައި މުޒާހަރާ ވެސް ކުރި އެވެ. އޭގެ ފަހުން، ޖިންސީ ގޯނާގެ ތުހުމަތުގައި 41 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

އެނގިފައިވާ ގޮތުގައި ފުރާވަރު އުމުރުގެ ކުއްޖާއަށް ގޯނާކުރި މައްސަލައިގައި ހައްޔަރުކުރީ އެ ކުއްޖާގެ ބައްޕައެވެ.

ފުލުހުން އެ މައްސަލަ ތަހުގީގުކުރަމުން ދާތީ އެ މައްސަލައިގެ އިތުރު ތަފްސީލެއް ނުލިބެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: