ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ފުލުހުން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނެފައިވަނީ ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އިއްޔެ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގެ ތުހުމަތުގައި އިއްޔެ 42 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައިވެއެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެފައިވާއިރު، މިދިޔަ ހަފްތާގައި އަމިއްލަ ދަރިފުޅަށް ޖިންސީ ގޯނާކުރި ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ.
އެގޮތުން ސައުތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި ތިން އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރަުކޮށް، އެ މައްސަލައިގައި އޭނާގެ އަންހެނުންގެ ބައިވެރިވުން އޮތްތޯ ބަލަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އޭގެ އިތުރުން، ސައުތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި އުމުރުން 13 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި އެ ކުއްޖާގެ ބައްޕަ ވެސް ހައްރުކޮށްފައިވެއެެވެ.

