ބޭރަށް ހިނގުމާއި ހޮޑުލުން އިތުރުވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ވަނީ ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމަށް މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ވެސް އިލްތިމާސްކޮށްފައެވެ. އެގޮތުން އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ވަނީ އެދިފައެވެ.
އަލާމާތްތަކުގެ ތެޜޭގައި
- ގިނަގިނައިން ހޮޑުލެވުން
- މާބޮޑަށް ވަރުދެރަވެ ދިޔާތަކެތި ބޭނުން ކުރެވޭ ވަރު މަދުވުން
- ބޮލަށް އެނބުރުން އެރުން
- އާދަޔާ ހިލާފަށް ކަރު ހިއްކުން
- އާދަޔާ ހިލާފަށް ބަނޑުގައި ރިއްސުން
- ލެވޭ ހޮޑުގައި ނުވަތަ ބޮޑުކަމުދާ ތަކެތީގައި ލޭގެ އަސަރު ހުރުން
- ކުޑަކަމުދެވޭ މިންވަރު މަދުވުން
ބޭރަށް ހިނގާނަމަ، ގިނަގިނައިން ލޮނު ޕެކެޓް، ފެން އަދި ސޫޕް ފަދަ ދިޔާތަކެތި ބޭނުން ކުރުމާއި ފާހަގަނާ ކުރުމަށްފަހު އަދި ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮންނުމުގެ އިތުރުން ފާހާނާ ބޭނުން ކުރުމަށްފަހު ރަނގަޅަށް ސެނިޓައިޒް ކުރުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ. މީގެ އިތުރުން ވެސް އަލާމަތްތައް ނުފެންނަތާ 1 ދުވަސް ވަންދެން ކުދިން ސްކޫލަށް ނުފޮނުވުމަށާއި މަސައްކަތަށް ނުނިކުންނެވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

