ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާގޯސްގެ ސިޔާދަތީ ބާރާ ގުޅޭ ރަސްމީ މަޝްވަރާތަކަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ދައުވަތު ދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޗާގޯސްގެ ސިޔާދަތީ ބާރާ ގުޅޭގޮތުން ރަސްމީ މަޝްވަރާތައް ބޭއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ދައުވަތު އަރުވައިފިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި ދައުވަތު ރައީސް ފޮނުއްވީ އިނގިރޭސި ބޮޑުވަޒީރު، އެންޑްރޫ ބާންހަމްއަށް މިއަދު ފޮނުއްވި ސިޓީފުޅެއްގައެވެ. މި ސިޓީފުޅުގައި، ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ނިންމާފައިވާ ނިންމުމާ މެދު ދިވެހިރާއްޖޭގެ އޮތް ކަންބޮޑުވުންތައް ރައީސް ވަނީ ހިއްސާކުރައްވާފައެވެ.

ރާއްޖެއާއި ޗާގޯސްއާ ދެމެދު އޮތް ތާރީޚީ އަދި ސަގާފީ ގުޅުންތަކުގެ މައްޗަށް ރައީސްގެ ސިޓީފުޅުގައި އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން، އެ ސަރަޙައްދުގެ ކަނޑުގެ މާޙައުލު ރައްކާތެރިކުރުމަށާއި އިލްމީ ދިރާސާތައް ކުރުމަށް ކުރިއަށްގެންދާ ބޮޑެތި މަޝްރޫޢުތަކަށް ރާއްޖެއިން ދެމުންދާ ދިގު މުއްދަތުގެ އެއްބާރުލުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިކަމާ ގުޅިގެން، ދިވެހި ދައުލަތާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރެއްވުމާއެކު، ޗާގޯސްއާ ގުޅޭ ކަންކަމުގައި އިނގިރޭސިވިލާތާއެކު އިތުބާރު ހުރި، ބިނާކުރަނިވި ގުޅުމެއް ދެމެހެއްޓުމަށް ރާއްޖެއިން ބޭނުންވާކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ޗާގޯސްގެ ސިޔާދަތީ ބާރާ ގުޅޭގޮތުން އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު މާނަހުރި މަޝްވަރާތަކެއް ކުރިއަށް ގެންދިއުމުގެ މުހިންމުކަން ރައީސްވަނީ ފާޙަގަކުރައްވާފައެވެ. އަދި ދުނިޔޭގެ މަސްރަޙު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އައުވެ ބަދަހިވުމަކީ އިންޑިއާ ކަނޑުގެ ހަމަޖެހުމާއި ސަލާމަތަށް މަގުފަހިވާނެ ކަމެއް ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޖުލައި 26 ގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޗާގޯސް ނުވަތަ ފޯޅަވަހީގެ ހަގީގީ މިލްކުވެރިންނަކީ ދިވެހިރާއްޖެ ކަމަށާއި ނަމަވެސް ރާއްޖެއަށް ޗޯގޯސް ލިބެން ނެތް ނަމަ މިހާރު އޮތް ގޮތަށް އެ ސަރަހައްދު އޮތުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި، ތާރީހީ ހެކިތަކުން ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ތަނެއްކަން ސާފުކޮށް އެނގެން އެބައޮތެވެ. އެގޮތުން 9 ވަނަ ހަސަން ރަސްގެފާނުގެ ލިޔުންތަކުން އެކަން ވަރަށް އެނގެން އޮތްކަން ފާހަގަކުރެއްވިއެވެ. އަދި އެތަން ހަވާލު ކުރާނަމަ، ކުރަންޖެހޭނީ އޭގެ ހަގީގީ މިލްކުވެރިންނާކަމަށާއި އެއީ ދިވެހިރާއްޖެ ކަމަށް ދިވެހި ރައްޔިތުން ގަބޫލުކުރާކަމަށް ރައީސް ވިދާޅުވިއެވެ.

އެ ނޫން ގޮތަކަށް އެކަން ކުރާނަމަ، މިހާރު އޮތްގޮތަށް އެ ސަރަހައްދު އޮތުމަކީ އެއްވެސް މައްސަލައެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: