އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބާއްވާ ފޮތް މައުރަޒު ”މަޢުރިފާގައި 2026″ ގައި ބައިވެރިވުމަށް އެ މިނިސްޓްރީން ހުޅުވާލައިފިއެވެ.
އެ ފޮތް މައުރަޒު ބާއްވަން ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގަައި، އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ތިން ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.
އެހެންކަމުން ފުރުސަތު ބޭނުންވާ ފަރާތްތަކުން މި މަހުގެ 20 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ފޯމު ފުރުމަށް ވުޒާރާއިން އެދިފައިވެއެވެ.
އެ މައުރަޒު އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ތިން ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހަވީރު 04:00 އިން 06:00 އަށް އަދި ރޭގަނޑު 08:00 އިން 10:00 އަށް ހުޅުވިފައި ހުންނާނެއެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 3020263، 3020289 ނަންބަރު ފޯނަށް ގުޅައިގެން ކުރިއަށް ގެންދެވޭނެއެވެ.

