ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީގަލް ހިލްސް މަޝްރޫއުއާ ގުޅިގެން ނަޝީދު: ”އިގްތިސާދީ ކުރިއެރުމާއި ފުރުސަތުތައް މާލެއަށް ޖަމާކުރުމުން ރަށްރަށް ފަޅުވާނެ“

ރައީސް ނަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އުސޫލެއްގެ ގޮތުން ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓަކީ ރަނގަޅު ކަމެއް ނަމަވެސް، އަނެއްކާވެސް މާލޭ ސަރަހައްދަށް އިގްތިސާދީ ކުރިއެރުމާއި ފުރުސަތުތަކެއް ލިބޭގޮތަށް ސަރުކާރުން އިއުލާނުކޮށްފައިވާ މަޝްރޫއުގެ ސަބަބުން ރަށްރަށް ފަޅުވެގެންދާ މިންވަރު އިތުރުވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޔޫއޭއީގެ އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލޭގައި 20 ބިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 308 ބިލިއަން ރުފިޔާގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ކުރިއަށް ގެންދަން ސޮއިކުރުމާ ގުޅިގެން އަމާޒުވި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެންމެ ބޮޑު ކަންބޮޑުވުމަކީ ދެ ފުށް ފެންނަ ގޮތަށް ޓެންޑަރގެ އުސޫލުން އެކަން ކޮށްފައި ނުވުން ކަމަށެވެ.

އޭގެ އިތުރުން، ރިސޯޓުތަކުން ދޭ ހުރިހާ ހިދުމަތެއް މީހުން ދިރިއުޅޭ ރަށްރަށުގައި ނުދެވޭއިރު، މަޝްރޫއު ހިންގާ ސަރަހައްދުގައި އެ ހުރިހާ ހިދުމަތްތައް ދެވޭނެތޯ ސުވާލު އުފެދޭކަމަށް ވިދާޅުވިއެވެ. އެތަނުގައި ހިދުމަތް ނުދެވޭއިރުގައި ވެސް ޔޫއޭއީގެ ކުންފުނިން އެ ބާވަތުގެ އިންވެސްޓްމެންޓެއް ކުރަން ނިންމަފާނެތޯ އެއީ އުފެދޭ ސުވާލެއް ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މާލޭ ސަރަހައްދުގައި އެ އިންވެސްޓްމެންޓް ހިންގުމަކީ ވެސް ކަންބޮޑުވުމެއް ކަމަށެވެ. އެގޮތުން، އަނެއްކާވެސް، މާލޭ ސަރަހައްދަށް ހުރިހާ އިގްތިސާދީ ކުރިއެރުމެއް ނުވަތަ ފުރުސަތުތަކެއް ގެނައުމުން ރަށްރަށް ފަޅުވަމުންދާ މިންވަރު އިތުރުވާނެ ކަމަށް ވިދާޅުވިއެވެ.

”އަޅުގަނޑަށް ފެންނަ ފެނުމުގައި މާލޭ ސަރަހައްދުގައި މި އިންވެސްޓްމެންޓް ހިނގާކަން އެއީ ކަންބޮޑުވުމެއް. އެނގިލައްވާނެ މިހާރު މި އަންނަނީ ރަށްރަށް ފަޅުވަމުން. އަނެއްކާވެސް މި ސަރަހައްދަށް ހުރިހާ އިގްތިސާދީ ކުރިއެރުމެއް ނުވަތަ ފުރުސަތުތަކެއް ގެނައިމާ ރަށްރަށް ފަޅުވަމުންދާ މިންވަރު ބޮޑުވަމުން އިތުރުވަމުން ދާނީ.“ ނަޝީދު

އެހެންނަމަވެސް، އުސޫލެއްގެ ގޮތުން ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓަކީ ރަނގަޅު ކަމެއް ކަމަށް ގަބޫލުކުރައްވާކަމަށާއި އެކަމުން ރާއްޖޭގެ ތަނަވަސްކަމަށް ފައިދާތަކެއް ވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ އެއްބަސްވުމުގެ ތަފްސީލުތައް އެނގެންޖެހޭނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: