ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާ ވައިރަސް: އޭޑީކޭގައި މަސައްކަތްކުރާ 12 މުވައްޒަފަކު ޕޮޒިޓިވްވެއްޖެ

ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އޭޑީކޭގެ ހުޅުމާލޭގެ އެކޮމަޑޭޝަންގައި މަސައްކަތްކުރާ 12 ބިދޭސީއަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެއްޖެއެވެ.

މި ކަން ހާމަކޮށް އޭޑީކޭ ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އޭޑީކޭގެ ހުޅުމާލޭ އެކޮމަޑޭޝަންއަށް  ކޮރޯނާ ވައިރަހުގެ އަސަރުފޯރާ އެ ތަނުގައި ދިރިއުޅޭ 12 ބިދޭސީ މަސައްކަތުމީހަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވާކަމަށެވެ.

އަދި ޕޮޒިޓިވްވި މުވައްޒަފުންނާއި ކޮންޓެކްޓްވި ފަރާތްތަކުގެ ތަފްސީލުހޯދައި އެ ފަރާތްތައް ޓެސްޓުކުރުމުގެ މަސައްކަތް އެޗްޕީއޭއިން ކުރިއަށްގެންދާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންފަށާފައިވާކަމަށް އޭޑީކޭއިން ބުނެއެވެ.

އޭޑީކޭއިން ހާމަކުރިގޮތުގައި އެ އެންމެންގެ ހާލުވެސް ރަނގަޅެވެ.

މީގެ އިތުރުން އޭޑީކޭއިން ބުނީ، ހޮސްޕިޓަލުތެރޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ހީވާގިކަމާއި ހިތްވަރާއެކު މުވައްޒަފުން ދައްކައިދެމުންދާ ރީތި ނަމޫނާއާއެކު ރައްޔިތުންގެ ޚިދުމަތުގައި ދެމިއޮންނާނޭކަމުގެ ޔަޤީންކަންދޭކަމަށެވެ. 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: