ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކްރޮއޭޝިއާއާއެކު ގުޅުން ބަދަހިކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި

ކްރޮއޭޝިއާއެކު ގުޅުން ބަދަހިކުރުމުގެ އެމްއޯޔޫގައި ސޮއިކުރުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ސަރުކާރާއި ކްރޮއޭޝިއާގެ ސަރުކާރާ ދެމެދު ސިޔާސީ މަޝްވަރާތައް ބޭއްވުމާ ބެހޭ ފަހުމުނާމާއެއްގައި (އެމްއޯޔޫ) ސޮއިކޮށްފިއެވެ.

އެ ފަހުމުނާމާގައި ސޮއިކޮށްފައިވަނީ ނިއުޔޯކްގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގެ ތެރެއިންނެވެ.

ދިވެހިރާއްޖޭގެ ފަރާތުން އެ ފަހުމުނާމާގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމްއެވެ. އަދި ކްރޮއޭޝިއާގެ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ މިނިސްޓަރ އޮފް ފޮރިން އެންޑް ޔޫރަޕިއަން އެފެއާޒް ހިސް އެކްސެލެންސީ ގޯޑަން ގްރްލިޗް-ރަޑްމަންއެވެ.

އެ ފަހުމުނާމާގައި ސޮއިކޮށްފައިވަނީ ދެ ވަޒީރުންގެ ދެމެދުގައި ބޭއްވުނު ބައްދަލުވުމަކަށް ފަހުގައެވެ.

އެ ފަހުމުނާމާގެ މަގުސަދަކީ ދެ ގައުމަށް މުހިންމު ދާއިރާތަކުން ގަވާއިދުން ސިޔާސީ މަޝްވަރާތައް ބޭއްވުމަށް މަގުފަހިކޮށްދީ، ރާއްޖެއާއި ކްރޮއޭޝިއާއާ ދެމެދު އޮތް ދެފަރާތުގެ އެއްބާރުލުން އިތުރަށް ހަރުދަނާކޮށް ފުޅާކުރުން ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން، އެ އެމްއޯޔޫގައި ސޮއިކުރުމުން ރަމްޒުކޮށްދެނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ގައުމުންވެސް ދޭ އަހައްމިއްޔަތުކަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގެ ތެރެއިން ރާއްޖެއިން ވަނީ، ވިސާ ނެތި ދިވެހީންނަށް ބެލަރޫސްއަށް ދެވޭނެ ގޮތަށް އެ ގައުމާއެކު އެއްބަސްވުމެެއްގައި ސޮއިކޮށްފިއެވެ. އަދި ކެންޔާއާ ގުޅުން އިތުރަށް ގާއިމްކުރުމުގެ އެމްއޯޔޫއެއްގައި ވެސް ވަނީ ސޮއިކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: