ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެލްކޯގެ އޮފީހުގައި ލޮކްޑައުންވެގެންތިބި މުވައްޒަފުންގެ ހިތްވަރަށް ސާބަސް: މެނޭޖްމަންޓް

ޑްރީމް ކޮމްޕެނީ ޓު ވޯކް ފޯ އެވޯޑް ސްޓެލްކޯއަށް/ ފޮޓޯ: ސްޓެލްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓެލްކޯގެ އޮފީހުގައި ލޮކްޑައުންވެގެންތިބި 170 އަށްވުރެ ގިނަ މުވައްޒަފުންގެ ޚިދުމަތްތައް ކުންފުނީގެ މެނޭޖްމަންޓުން ފާހަގަކޮށްފިއެވެ.

މި ކަން ފާހަގަކުރަމުން ސްޓެލްކޯއިން ހުކުރު ދުވަހު ބުނީ، ‏ރައްޔިތުންނަށް ބޭނުންވާ ކަރަންޓުގެ އަސާސީ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، އޮފީހުގައި ލޮކްޑައުންވެގެންތިބި 170 އަށްވުރެ ގިނަ މުވައްޒަފުން ޢާއިލާއާއި ދުރުގައި ތިބެ، އެއް ޢާއިލާއެއްގައި ކުރަމުން އަންނަ ހިތްވަރަށް ސާބަސްދޭކަމަށެވެ.

މީގެ އިތުރުން ސްޓެލްކޯއިން ބުނީ، ސާބިތު ކަމާއެކު ވަޒީފާގެ ވާޖިބުތައް އަދާކޮށް، ދިވެހި ރައްޔިތުންނަށްޓަކައި ކުރަމުން އަންނަ މަސައްކަތްތައް ކުންފުނީގެ މެނޭޖްމަންޓާއި އެންމެހާ ސްޓާފުން ވެސް، ފަހުރުވެރިކަމާއެކު ބަލައިގަންނަކަމަށާއި އަދި ޝުކުރުއަދާކުރާކަމަށެވެ.

https://twitter.com/MaleCitymv/status/1263807811894591488?s=19

އެސްޓީއޯގެ މެނޭޖްމަންޓުން މުވައްޒަފުންގެ މި މަސައްކަތްތައް ފާހަގަކޮށްފައިވާއިރު، މާލޭ ސިޓީ ކައުންސިލާއި، އެ ކުންފުނީގެ އޮފީހުގައި ލޮކްޑައުންގައި ތިބި މުވައްޒަފުން ގުޅިގެން ވަނީ، މާލޭ ސިޓީގެ ބައެއް މަގުތަކުގެ ލައިޓްތައް ރަނގަޅުކޮށްފައެވެ.

މި ގޮތުން، ލައިޓްތައް ރަނގަޅުކުރި މަގުތަކުގެތެރޭގައި، ބޮޑު ފުންގަނޑު މަގު، ބުރެވި މަގު، ލޮނުޒިޔާރަތް މަގު، ވައިޖެހޭ މަގު، ރަތްވިލާ ހިނގުމުގެ އިތުރުން ލަންސިމޫ ގޯޅި ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: